
ގައުމަށް ިދމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ ޒިންމާ ގައުމަށް ނަގަން ނުކުރުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ހުރި ކަންކަމާ ގުޅިގެން ނުވަތަ ދައުލަތުގެ ތިންބާރުގެ ތެރެއިން ވެރިކަން ކުރުމުގެ ބާރު ޖަވާބުދާރީކޮށް، ޒިންމާދާރުކުރުވުމަކީ ދައުލަތުގެ އަނެއް ތިން ބާރުގެ އެންމެ މަތި ޒިންމާ ކަމަށްވާއިރު އެކަންކަން ކުރުމުގައި އެ ދެ ބާރާ އަދި އެކަން ކުރުމުގައި ގާނޫނުް މަތިވެފައިވާ މުއައްސަސާތަައްވެސް ވަނީ ފެއިލްވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޒިންމާދާރު އިދިކޮޅެއް ސަރުކާރު ޖަވާބުދާރީ ކުރުވމުގައި ހަރަކަތްތެރި ނުވާކަމަށް ރައީސް މީހާ ވިދާޅުވާއިރު ދައުލތުގެ ތިންބާރުން ދެ ބާރު ވެރިކަން ކުރުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގައި ފެއިލްވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ދައުލަތުގެ ވެރިކަން ކުރުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގައި މުއައްސަސާތަކާ މަޖިލިސްވެސް ފެއިލްވުމުން އިދިކޮޅާ ނޫސްވެރިން އެ ޒިންމާ ނަގަން ފެށުމުން ސިޔާސީންނާ ނޫސްވެރިންވެސް ޖަލަށްލާ އަނގަ ބަންދުކުރުވަން މަސައްކަތްކުރުމަށް ފަހު ކޯޓު އަމުރުގެ ގޮށް ރޯނުން ރައްޔިތުން ބަނދެލާފައިވާ ކަމަށެވެ.
އެހެންކަމުން ދިމާވެގެން އުޅޭ މައްސަލައަކީ އިދިކޮޅެއް ނެތިގެން ނޫން ކަމަށާ ދިމާވެގެން އުޅެނީ ޒިންމާދާރު ގައުމެއް ނެތުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީއެންއެފުން އެތައް ފަހަރަކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވާނެ ކަމަށެވެ.










