April 18, 2026
Advertisement
ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅަކުން އިގްތިސޯދީ ހެޔޮ ބަދަލެއް އައިސްދާނެކަމަށް ނުފެނޭ: ރައީސް ޔާމީން
ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅަކުން އިގްތިސޯދީ ހެޔޮ ބަދަލެއް އައިސްދާނެކަމަށް ނުފެނޭ: ރައީސް ޔާމީން / ތޭރަ އޮންލައިން

ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅަކުން އިގްތިސޯދީ ހެޔޮ ބަދަލެއް އައިސްދާނެކަމަށް ނުފެނޭ: ރައީސް ޔާމީން

Apr 18, 2026, 08:43 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅަކުން ދިވެހިރައްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އައިސްދާނެކަމަށް އަދި ނުފެންނަ ކަމަށް ޕީއެންއެފްގެ ރައީސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީހުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ދޯދިޔާ މާލީ ސިޔާސަތުތަކާ އެކު ދިވެހި ރުފިޔާގެ އަގު ދަށްވުމުން އިންފްލޭޝަން މައްޗަށް ޖެހެމުން ދާ ކަމަށާ އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ދިވެހި ރައްޔިތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސައރުކާރުދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ފައިސާ ޗާޕުކުރަން ޖެހި ދިވެހި ރުފިޔާ އަގު ވެއްޓުމުން އަރާނީ ތަކެތީގެ އަގު ނޫން ކަމަށާ ގޭގޭ ކުލިވެސް އިންތިހާއަށް އުފުލިގެން ދާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ތޮބީއީ ގޮތުން އެއްދުވަހުން އަނެއް ދުވަހުން އަގު އުފުލޭނެ ކަމަށްވާއިރު، އެއްޗެއްގެ އަގު އުފުލިއްޖެ ނަމަ އެ އަގު ތިރިކުރަން ފަސޭހަ ނުވާނެ ކަމަށެވެ. މި ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅަކުން އަދި ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަތުވެދާނެ އެއްވެސް ކަމެއް ނުފެންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަންކަން ހައްލު ކުރެވޭނީ، އާމްދަނީ އިތުރުކުރާނެ ގޮތްތައް ސަރުކާރުން ހޯދާ އަދި ސަރުކާރުގެ ބޭކާރު ޚަރަދުތައް ހުއްޓާލުމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved