April 20, 2026
Advertisement
މީގެ ކުރިން މަގާމުތަކަށް އައްޔަންކުރެވުނީ ތައުލީމީ ގާބިލު މީހުން ނޫން ކަމަށް ރައިސް މުއިއްޒު އިއުތިރާފްވެއްޖެ
މީގެ ކުރިން މަގާމުތަކަށް އައްޔަންކުރެވުނީ ތައުލީމީ ގާބިލު މީހުން ނޫން ކަމަށް ރައިސް މުއިއްޒު އިއުތިރާފްވެއްޖެ / ރައީސް އޮފީސް

މީގެ ކުރިން މަގާމުތަކަށް އައްޔަންކުރެވުނީ ތައުލީމީ ގާބިލު މީހުން ނޫން ކަމަށް ރައިސް މުއިއްޒު އިއުތިރާފްވެއްޖެ

Apr 20, 2026, 07:00 PM
މާލެ ސިޓީ

ޕީއެންސީ ސަރުކާރުގައި މިހާތަނަށް ވަޒީފާތައްދީ މަގާމުތަކަށް އައްޔަންކުރެވުނީ ތައުލީމާ ކަމުގެ ގާބިލުކަން ހުރި ބަޔަކު ނޫން ކަމަށް ރައީސް ޑރ މުުހައްމަދު މުއިއްޒު އިއުތިރާފުވަޑައިގެންފިއެވެ.

Advertisement

ހޯމަ ދުވަހު ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒު ވަނީ ސަރުކާރު ކުންފުނިތަކުންނާ އަދި ސިޔާސީ އެހެން ދިމަ ދިމާއިން ވެސް މުވައްޒަފުން މަދުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެކަމާ ގުޅިގެން  ނޫސްވެރިން ސުވާލުކުރުމުން ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގުން އިސްލާހުކުރުމަށް ކަމަށެވެ.

އެގޮތުން، ސަރުކާރު ހިންގުން އިސްލާހުކުރުމަށް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި ފިޔަވަޅުތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ވީހާ ވެސް ބޮޑަށް ސަރުކާރުގެ ސައިޒު ކުޑަކުރުން، ސިޔާސީ މުވައްޒަފުން ހިމެނޭ ގޮތަށް މަސައްކަތަށް ފަރުވާތެރިނުވާ މުވައްޒަފުން ވަކިކުރުން، ވަޒީފާއަށް އިއުލާންކޮށް، ފެންވަރަށް ބަލައިގެން ވަޒީފާ ދިނުން އަދި ނުގަވާއިދުން ވަޒީފާއެއް ދީފައިވާ ނަމަ، ވަޒީފާއިން ވަކިކުރުން ހިމެނެއެވެ.

ސިޔާސީ މުވައްޒަފުން އައްޔަންކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރަކަށްވާތީވެ، އެ މަނިކުފާނަށް އެ ފުރުސަތު އޮތް ނަމަވެސް އެމަނިކުފާނު ދެން މުވައްޒަފުން ނަގާނީ އުސޫލުތަކެއްގެ ތެރެއިން ފެންވަރަށް ބަލައިގެން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން  ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރާއިރު  އެންމެ ދަށްވެގެން މާސްޓާސް ޑިގްރީއެއް އޮތް މީހަކު އައްޔަންކުރުން، ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރާއިރު  އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއެއް އޮތް މީހަކު އައްޔަންކުރުން އަދި ސިޔާސީ މުވައްޒަފުންގެ ގޮތުގައި އިތުރަށް މީހަކު އައްޔަންކުރާނީ ކޮންމެހެން ކުރަން ޖެހޭ ނަމަ އެކަނި ކަމަށްވެސް ވަނީ ހާމަކުރައްވާަފައެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކަށް މީގެފަހުން މުވައްޒަފުން ނަގާނީ ހުޅުވާލެވިފައިވާ އިއުލާނެއްގެ ދަށުން ކަމަށެވެ. އަދި ސިޔާސީ ނުފޫޒެއްގެ ތެރެއިން، މީހެއް މެދުވެރިކޮށް ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved