
ރައީސް ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ހަގީގަތް ގާބޫލުކުރާ ވެރިއަކަށް ވުމަށް ޕީއެންއެފްގެ ރައީސް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުން ރައްޔިތުން ދިން ނަތީޖާއިން ކަންކަން ބައްޓަން ކުރަންވީ ގޮތް ރައީސް މުއިއްޒަށް މިހާރު ލަފާކުރެވެން ވާނެ ކަމަށާ އެގޮތުން ކުރިން ވެސް ހެޔޮ ބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ވެރިއެއްގެ ގޮތުގައި ހުންނެވިކަމަށް ވިދާޅުވާއިރު މިހާރު އަދި އަމުދުން ރައްޔިތުންގެ ބަސް ގަބޫލުކޮށް ރައްޔިތުންނަށް މަންފާވާ ގޮތަށް ވެރިކަން ކުރުމުގެ މުހިއްމުކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަން ޥާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ރައީސް މުއިއްޒު ރައްޔިތުންގެ މަސްލަހަތު އިސްކޮށް ހަގީގަތް ގަބޫލުކުރާ ރައީސަކަށް ވުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ މާޒީއިން އިބްރަތް ހާސިލްކުރުމަކީ ބުއްދިވެރިންގެ ކަމެއް ކަަމަށެވެ.










