April 25, 2026
Advertisement
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް / މާލެ ސިޓީ ކައުންސިލް

ކައުންސިލްތަކުގެ ބާރު ދަށްކުރުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވާންޖެހޭ: އާޒިމް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 05:54 PM
މާލެ ސިޓީ

ކައުންސިލްތަކުގެ ބާރު ދަށްކުރުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވާންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރ އާޒިމް ގޮވާލާފިއެވެ.

Advertisement

އާޒިމް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ގިނަ ބަޔަކު ނަގަން ސަރުކާރުން ލިސްޓު ހަދައިގެން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތައް ފެންމަތިވަމުން އަންނަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް މި ސަރުކާރުން ގިނަ ބަޔަކަށް ވަޒީފާ ދީ ވޯޓުތައް ގަނެ ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ 1 އަހަރު ދުވަހަށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވާލުމުގެ ބޭނުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށާއި  މުޅި އިސްލާޙުގެ ބޭނުމަކީ މާލެ ސިޓީ ކައުންސިލާއި އެހެނިހެން ސިޓީކައުންސިލްތަކުގެ އަތް ބަނދެލައި ޤާނޫނުގެ ދިގު އަތުން ކައުންސިލްތަކުގެ ކަރުގައި ހިފާ ފިތާ ވަގުތީ ގޮތުން ހޭ ނައްތާލުން ކަމަށް އާޒިމް ބުނެފައިވެއެވެ.

އަދި ކައުންސިލްތަކުގެ އަމިއްލަ އާމުދަނީ ބޭނުންކޮށްގެންވިޔަސް ނުވަތަ ކައުންސިލުން އެހެން ބަޔަކާއި ގުޅިގެންވިޔަސް ކަމެއްކުރިޔަނުދީ ބަނދެލައި ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް މިނިސްޓްރީގެ ފީކުދާނަކަށް ކައުންސިލްތައް ހެދުން ކަމަށްވެސް އާޒިމް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯކަލް މިނިސްޓްރީން ބަލާނީ ކައުންސިލްތަކުގެ ބާރުގަދަކޮށް ނިޒާމު ރަނގަޅުކޮށް ކައުންސިލްތަކުގެ ހިންގުމަށް ފުރުސަތު ފަހިކޮށްދޭން ކަމަށާއި އެކަމަކު މި ވެރިކަމުގައި ކައުންސިލް މިނިސްޓްރީ އުޅެނީ ކައުންސިލްތަކުގައި 1 އަހަރު ދުވަހަށް ތަޅެއްލާން ކަމަށް އާޒިމްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved