May 1, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަމިއްލަ ނަފުސާއި އަބުރު ރައްކާތެރިކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 1, 2026, 02:31 PM
މާލެ ސިޓީ

މިއަދުގެ ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިންސާނާގެ އަމިއްލަ ނަފުސާއި އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ދިރިއުޅުމުގައި ކުރިމަތިވާ މުސީބާތްތަކަކީ ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން އިމްތިހާނު ކުރެއްވުމަށް މެދުވެރިކުރައްވާ ކަންކަން ކަމަށާއި، އެފަދަ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement

އިންސާނާގެ ނަފުސަކީ އެމީހަކު ބޭނުންހާ ގޮތެއް ހެދުމަށް ދީފައިވާ އެއްޗެއް ނޫންކަން ފާހަގަކުރައްވައި، ޚުތުބާގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ އިސްލާމްދީނުގައި އޮތް ކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ. "ނަފުސަކީ އަމާނާތެއް" ކަމަށާއި، އެ ނަފުސަށް އަނިޔާވެރިވުމަކީ ދީނީގޮތުން ބޮޑުވެގެންވާ ފާފައެއް ކަމަށްވެސް ބަޔާންކުރިއެވެ.

މީސްމީހުންގެ އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު އެއް އަސާސްކަން ފާހަގަކުރަމުން، މިއަދުގެ ޚުތުބާގައި ވަނީ މީހުންނަށް ހަނގާކުރުމާއި ފުރައްސާރަކުރުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަންކަން ކަމުގައި ހަނދާންކޮށްދީފައެވެ. "އަނެކާގެ އަބުރަށް އަރައިގަތުމަކީ މުޖުތަމައުގެ ބަދަހިކަން ގެއްލިގެންދާނެ ކަމެއް" ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ނިންމާލަމުން ޚުތުބާގައި ގޮވާލާފައިވަނީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފުސާއި އަނެކުންގެ އަބުރަށް އިހުތިރާމްކޮށް، މުސީބާތްތަކުގެ ވަގުތުގައި ﷲ ގެ ހަޟްރަތުން ވާގި އެދި ކެތްތެރިވުމަށެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ މަގުކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved