May 2, 2026
Advertisement
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމީ ސަމާލު ނެރެފި!
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމީ ސަމާލު ނެރެފި! / ސޯޝަލް މީޑިއާ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމީ ހުދު ސަމާލު ނެރެފި!

May 2, 2026, 04:37 PM
މާލެ ސިޓީ

ރާއްޖޭގެ އެކި ހިސާބުތަކަސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓު އޮފީހުން ވަނީ މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން  ކުރިއަށް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތްކަމަށް މެޓުން ހާމަކޮށްފައިވަނީ، އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާ ރާލުގެ އުސްމިން ހުންނާނީ 2 - 5 ފޫޓު އާ ދެމެދުގައި ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.


އެހެންކަމުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން، ގދ. އަތޮޅާ ހަމައަށް މެންދުރު 2:00 އިން މިރޭގެ 8:00 އާ ހަަމައަށް ހުދު ސަމާލު ނެރެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ ދެ މޫސުން ބެދޭ ދުވަސްވަރުގެ ވިއްސާރަ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved