May 3, 2026
Advertisement
.
.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އާއި ސައީދު

Yana Shareef
ޔާނާ ޝަރީފް
May 3, 2026, 06:33 PM

އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު އެކަނިކަން ކަށަވަރުވެއްޖެ އެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަންގައި ވާދަކުރުމުގެ ސުންގަޑި އިއްޔެ ހަމަވިއިރު، ކުރިމަތިލެއްވީ އެ ދެ ބޭފުޅުން އެކަނި ކަމަށެވެ. އެ ކޮމިޝަނުން ވަނީ އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ގަބޫލުކޮށް ރަސްމީކޮށް އެކަން އަންގާފަ އެވެ.

ސޯބެ ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލުމުން ޝައުގުވެރިކަންފާޅުކުރެއްވީ ވެސް އޭނާ އެކަންޏެވެ.

ކުރިން ޕީއެންސީން ހަމަޖެއްސީ ގޮނޑި ގެއްލުނު މުހައްމަދު ސިނާން އަލުން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ގޮތަށެވެ. އެއީ އެ ޕާޓީގެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވުމުންނެވެ. ނަމަވެސް ސިނާން ވަނީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންނުވާކަމަށް ފަހުން ވިދާޅުވެފަ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved