May 11, 2026
Advertisement
.
.

ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން އަމުރުކުރި ހަބަރު ލިޔުމުން ނޫސްވެރިޔާ ލީވާން ކޯޓަށް ގެންދަނީ

Yana Shareef
ޔާނާ ޝަރީފް
May 11, 2026, 08:13 PM

 "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމުން ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްސަލަ ބަލަން ކޯޓުން ނިންމައިފިއެވެ.

Advertisement

ކްރިމިނަލް ކޯޓުން ލީވާންއަށް ފޮނުވާފައިވާ އަމުރުގައި ވަނީ އެ ކޯޓުން އޭނާ ހާޒިރުކުރަނީ "އައިޝާ ޑޮކުއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައަށް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ދިވެހިރައްޔިތުންގެ މައްޗަށް އަމުރުކޮށްފި"  ސުރުހީގައި ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެންނެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު ނުވަތަ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު 11:00 އަށެވެ. 

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައި، އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކުރި އެވެ. އަދި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން ވެސް އެ އަމުރުން މަނާކުރި އެވެ. 

ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އަމަލުކުރަން ކަމަށް ބުނެ ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން  އަދަދު ނޫހުގެ ނޫސްވެރިޔާ، މުހައްމަދު ޝަހުޒާން ވަނީ ބޭރުކޮށްލާފަ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved