May 13, 2026
Advertisement
ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ރައީސް ނަޝީދާއި ރައީސް އިބޫއާ އެކު މަސައްކަތްކުރަން ރައީސް ޔާމީން ތައްޔާރު!
ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ރައީސް ނަޝީދާއި ރައީސް އިބޫއާ އެކު މަސައްކަތްކުރަން ރައީސް ޔާމީން ތައްޔާރު! / ސޯޝަލް މީޑިއާ

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ރައީސް ނަޝީދާއި ރައީސް އިބޫއާ އެކު މަސައްކަތްކުރަން ރައީސް ޔާމީން ތައްޔާރު!

May 13, 2026, 06:42 PM
މާލެ ސިޓީ

ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ އެކު މަސައްކަތްކުރަން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ތައްޔާޜަށް ހުންނެވި ކަމަށް ހާމަކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ކޯޓު އަމުރަކާ ޚިލާފު ކަމަށް ބުނާ މައްސަލައެއްގައި ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު"ގެ ދެ ނޫސްވެރިއަކު ޖަލަށް ލުމާ ގުޅިގެން،  ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެކުގައި ގައުމު ސަލާމަތްކުރަން ނުކުންނަވަން ކުރީގެ ތިން ރައީސުންނަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލެއްވުމާ ގުޅިގެންނެވެ.

އޮންލައިން ނޫސް "ސަން"އިން އެކަމާ ގުޅިގެން ރައީސް ޔާމީނާ ސުވާލުކުރުމުން އެމަނިކުފާނު ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ރައީސް ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރައްވަން އެއްބަސްވެލައްވާ ކަމަށް ވިދާޅުވެފައި ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ރައީސް ޔާމީން ވަނީ މީގެ ކުރިން ވެސް، މި ސަރުކާރުގައި ނޫސްވެރިކަމާ ނޫސްވެރިންނަށް ދައްކަމުންދާ ބިރަށް ފާޑުވިދާޅުވެފައެވެ. ނޫސްވެރިން ޖަލަށް ލުމުން އެމަނިކުފާނު ވަނީ، ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް ކަމަށާ ނޫސްވެރި ކަމަށް ދިން އެ ހަމަލާއަކީ ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތުގައި އެއްވެސް މީހެއްގެ އަބުރު ގެއްލޭ ވަރު ކަމެއް އޮތް ނަމަ އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަން އެންމެންނަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނު ވަނީ ލީވާންއާ ޝަހުޒާން މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved