
ނިޔަތާމެދު ޝައްކު ނުކުރުމަށާއި ނޫސްވެރިންގެ ދިފާއުގައި މިތިބީ އެކުގައި ވަރުގަދަ އަޒުމެއްގައި ނިކުމެ މަސައްކަތް ކުރަން ތައްުޔާރަށްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި މުހައްމަދު ނަޝީދާއި ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ގައުމީ މަސްލަހަތު އިސްކުރައްވާ ތިން ރައީސުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިފަދައިން ވިދާޅުވީ ރައީސް ޔާމިނެވެ.
އެކުގައި ތިން ރައީސުން ވެސް ދެމުން ދިޔައީ މި ޖަވާބެވެ. ނޫސްވެރިންގެ ސުވާލުތަށް އެ ބޭފުޅުންގެ ވެރިކަމުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ހުރުމުން އެކަން ކަމަކީ މާޒީ ކަމަށާއި އެކަންކަން ތަހުގީގުކޮށް މިއަދު މިވަގުތު ނިންމެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޫސްވެރިން ވަނީ ތިން ރައީސުންގެ ވިސްނުން ތަފާތު އިރު އެކުގައި މަސައްކަތް ކުރާނީ ކިހިނެއްތޯ އަހާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ ތަފާތުކަމެއް ކަމަށެވެ.
ސިޔާސީ މަސައްކަތާއި ފިކުރު ތަފާތު ކަމުގައި ވިޔަސް މިތިބީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެއްގަލަކަށް އަރައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.










