May 16, 2026
Advertisement
މަހުދީގެ އާއިލާއަށް ރައީސް ޔާމީން ތައުޒިޔާ
މަހުދީގެ އާއިލާއަށް ރައީސް ޔާމީން ތައުޒިޔާ / އެމްއެންޑީއެފް

މަހުދީގެ އާއިލާއަށް ރައީސް ޔާމީން ތައުޒިޔާ

May 16, 2026, 08:32 PM
މާލެ ސިޓީ

ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ސިފައިން ކަނޑުއަޑީގައި ހިންގާ އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމިން ތައުޒިޔާ އަރިސްކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ ތައުޒިޔާގެ މެސެޖުގައި ވަނީ، މަހުދީ ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވުން އެއީ ގައުމަށްޓަކައި ސިފައިން ކުރާ ޖިހާދުގެ ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިޢީ ގައުމަށް ހިތާމަވެރި ވަގުތެއް ކަމަށާ ގައުމަށް ހިދުމަތްތެރި ދަރިއަކު ގެއްލިގެން ދިއުމަކީ އަގު ނުކުރެވޭނެ ކަމެއް ކަމަށް ލިބުނު ގެއްލުން ފޫނުބެއްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހާދިސާއާ ގުޅިގެން ކަމުގެ މާހިރުން ވަނީ ފާޑު ކިޔާފައި ކަމަށާ އެހެން ކަމުން ކަން ހިނގާ ދޮޔަ ގޮތް ތަހުގީގުކޮށް ބަލަން ވެސް ވާނެ ކަމަށް ވޮދާލުވެފައެވެ.

އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވަނީ، މަހުދީގެ އާއިލާއަށް މި ހިތާމަވެރި ވަގުތު ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ  މައްޔިތާްަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ތޭރަ އޮންލައިންގެ މެނޭޖުމަންޓުގެ ފަރާތުން އެ އާއިލާއަށް ތައުޒިޔާ ފޮނުވަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved