theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބާރަށު މައިކު އަނެއްކާވެސް ބޮޑު ކޮރަޕްޝަނަކަށް ތައްޔަރުވަނީ! / ތޭރަގްރެފިކްސް
ހަބަރު
ބާރަށު މައިކު އަނެއްކާވެސް ބޮޑު ކޮރަޕްޝަނަކަށް ތައްޔަރުވަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
10 އޯގަސްޓު 2025
ހުޅުމާލެ ފޭސް 1

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު އަނެއްކާވެސް ބޮޑު ކޮރަޕްޝަނެއް ހިންގަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އެގޮތުން ކާކުކަން ނޭނގޭހެން އެކްސްގައި ހިންގަމުން އަންނަ ހަސަން ކުރުސީގެ އެކައުންޓުން ވަނީ މިކަމާ ގުޅޭ ބައެއް ތަފްސީލު ހާމަކޮށްފައެވެ. ހަސަން ކުރުސީގެ އެކައުންޓުގައި ހާމަކޮށްފައިވާ ގޮތުގައި، އިކޮނޮމިކް މިނިސްޓްރީން އިންޒިޒާމުކޮށްގެން މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 އަށް އެ ތަނުގައި ޖެހި ބޮޑު ޓެންޓެއް ނުނަގާ މައްްސަލަ ބޮޑުވެފައިވާއިރު އެ ޓެންޓުތަކަކީ، އޮފިޝަލް އިވެންޓްސްގެ ޓެންޓުތަކެއް ކަމަށް އެޗްޑީސީގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވެއެވެ.

އޮފިޝަލް އިވެންޓުސްއަކީ، ދާދި ފަހުން ލީކުވީ އެމްއެމްއޭގެ އެފްއައިޔޫ ރިޕޯޓުގައި، ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހިއްސާވާ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

އެ ޓެންޓު އެތަނުން ނަގަން އެޗްޑީސީން ތަކުރާރުކޮށް އެންގި ނަމަވެސް އޮފިޝަލް އިވެންޓްސްގެ އެއްބާރުލުމެއް ނުލިބޭ ކަމަށާ ނަމަވެސް މި ފަހުން މޫސުން ގޯސްވީ ދުވަސްވަރު، ޓެންޓަށް ވަރަށް ބޮޑަށް ވައިއަޅާ އެއަށް ގެއްލުން ލިބިދާނެތީ އޭގައި އަޅާފައި ހުރި ސަތަރިތައް ނެގި ކަމަށްވެއެވެ. އެ ތަކެތި އެތަނުން ނަގާފަިއ ނުވަނީ ތަކެތި ރައްކާކުރާނެ ތަނެއް ނެތް ކަމަށް ބުނެއެވެ.

އެހެން މީހުންގެ ޝަކުވާ ލިބެމުން އަންނައިރު، މި މައްސަލައިގައި ވާހަކަ ދެއްކި އެޗްޑީސީގެ އަނެއް އޮފިޝަލް ބުނީ، މި ވަރުން ދަންޏާ ހުރިހާ ކުންފުންޏަކަށް ވެސް މި ފުރުސަތު ދޭން ޑިމާންޑު ކުރާނެ ކަމަށެވެ. އެކަމަކު އުސޫލެއްގެ ގޮތުން ވިޔަފާރި އުސޫލުން ދޫކުރާ ބިމެއް، ހިިލޭ ބޭނުންކުރަން ދިނުމަކީ ބުއްދި ހަމަޖެހޭ، އަދި ހަމަހަމަކޮށް ކުރެވޭނެ ކަމެއް ނޫން ކަަމަށާ ޓެންޓު ނުނަގައިގެން އެޗްޑީސީގެ ކަންބޮޑުވުން ހުއްޓަސް، ސުޖާއުގެ ސިޔާސީ ބާރުވެރިކަމާ ހުރެ އޭނާއަށް ފިޔަވަޅެއް އެޅެން ނެތް ކަމަށް ވެސް އޮފިޝަލާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ކަން މިހެން އޮތް އިރު މިހާރު ޝުޖާއު ގެންދަވަނީ މި ޓެންޓުތައް ބޮޑު އަގުގައި އެޗްޑީސީއަށް ވިއްކަން ތައްޔާރުވަމުން ކަމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން ޝުޖާއުގެ ކުންފުނީގެ ޓެންޓުތައް ގަތުމަށް މަގު ފަހިކުރުމަށް އެޗްޑީސީއިން ވަނީ މިހާރު ޓެންޓުތަކެއް ގަތުމަށް ބިޑު ހުޅުވާލާފައެވެ. އޭގެ ސަބަބުން ޝުޖާއުގެ ކުންފުންޏަށް ބިޑަށް ކުރިމަތިލާ މި ޓެންޓުތައް ވިއްކާލައިގެން އަނެއްކާވެސް ދައުލތުގެ ތެރެއިން ފައިސާތަކެއް އޭނާގެ ކުންފުންޏަށް ވެއްދުމަސް ފުރުސަތު ލިބިގެން ދާނެއެވެ.

ޝުޖާއު އަނެއްކާވެސް ކޮރަޕްޝަނަކަށް ތައްޔާރުވަމުން ދާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސް ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވާކަން ހާމަވެފައިވެއެވެ.

އެމްއެމްއޭއިން ނެރެފައިވާ އެފްއައިޔޫގެ ރިޕޯޓުން ބުނާ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މުއްދަތުގެ ތެރޭގައި ޝުޖާއުގެ 50 އިން ސައްތަ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ މުއާމަލާތްތައް ހިނގާފައި ހުރީ ޑިސެމްބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދުއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved