May 18, 2026
Advertisement
ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ކުރިން ރައީސަށް ކުރާ ތުހުމަތުތައް ބަލަން ޖެހޭ: ރައީސް ޔާމީން
ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ކުރިން ރައީސަށް ކުރާ ތުހުމަތުތައް ބަލަން ޖެހޭ: ރައީސް ޔާމީން / ތޭރަ އޮންލައިން

ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ކުރިން ރައީސަށް ކުރާ ތުހުމަތުތައް ބަލަން ޖެހޭ: ރައީސް ޔާމީން

May 18, 2026, 02:38 PM
މާލެ ސިޓީ

ނޫސްވެރިން ވަކި ވާހަކަ އެއް ކިޔައިގެން ނުވަތަ ލިޔެގެން، އެ ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އެ ދެކެވޭ ވާހަކަތަކުގައި ކުރާ ތުހުމަތުތައް ތަހުގީގުކޮށް ބަލަން ޖެހޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފްގެ އޮފީހުގައި ކުރިއަށް ދިޔަ ޖަލްސާގައި އޯޑިއަންސްގައި އިންނަވާ ރައީސް ޔާމީން ވަނީ، ނޫހަކުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ބަޔަކު ފުލުހަށް ހާޒިރުކޮށް، ތަހuގީގު ހިންގާ އެއް ބަޔަކަށް ދައުވާވެސް ކޮށްފައިވާއިރު، އެ ވާހަކަ ދައްކާ ބައެއްގެ މައްޗަށް ފިޔަވަޅު އެޅުމަށްޓަކައި ކުރާ ތުހުމަތަކީ ދޮގެއްކަން ނުވަތަ ނޫންކަން އެނގި ސާފުވާންޖެހޭ ކަމަށާއި އެކަން ކުރެވޭނީ، އެކަމުގައި ތުހުމަތު އަމާޒުވާ ފަރާތްކަމަށްވާ، ރައީސް މުހައްމަދު މުއިއްޒަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށްގެން ކަމަށެވެ.

ނުކުރާ ތަހުގީގެއްގެ މައްޗަށް ބަޔަކަށް ފިޔަވަޅު ނޭޅޭނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، އެ ވާހަކަތައް އެކި ގޮތްގޮތަށް ދައްކަވަން އެ މަނިކުފާނު ވެސް މިހާރު ބޭނުންފުޅުނުވާކަމަށެވެ.

ނަމަވެސް ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅަކަށް ކުރެވޭ ބޮޑު ތުހުމަތުތަކުގެ ތެދު ހަގީގަތް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެހެންކަމުން، ރައީސްއަށް ކުރެވޭ ތުހުމަތުތަކުން ބަރީއަކުރުމަށްޓަކައި ނަމަވެސް، އެ މައްސަލާގައި ފުރަތަމަ އެ މަނިކުފާނަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގައި މަސައްކަަތްކުރި އަންހެން މުވައްޒަފަކު، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެއްގެ ޑޮކިއުމެންޓްރީއެއް ގެނެސްދިން މައްސަލާގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި އެކަމާ ގުޅުން ހުރި ސުވާލެއް ކޮށްގެން ނޫސްވެރިއަކު ޖަލަށްލާފައިވާއިރު، އެ ވާހަކަ ނުދައްކަން އަންގާ ނެރުނު ކޯޓު އަމުރުުގެ ޚަބަރު ލިޔުނު ނޫސްވެރިޔާވެސް ވަނީ ޖަލަށް ލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved