May 20, 2026
Advertisement
-
- / އެޓޮލް ޓައިމްސް

ރާއްޖޭގެ އަމީރުލްހައްޖަކީ ސައީދު!

Aiminath Sarah
އައިމިނަތް ސާރާ
May 19, 2026, 05:46 PM
މާލެ ސިޓީ

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ހަމަޖައްސައިފިއެވެ.

Advertisement

ކޮންމެ އަހަރަކުވެސް ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓެވުމަށާއި އިސްވެރިއެއްގެ ގޮތުން ބޭފުޅަކު ކަނޑައަޅުއްވާއިރު، ސަރުކާރުން މިއަދު ވަނީ މިއަހަރުގެ އެ މަސްއޫލިއްޔަތު މިނިސްޓަރު ސައީދާ ހަވާލުކުރައްވާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިން ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. އެގޮތުން، ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ ފަހު ގްރޫޕް މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ފުރާފައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭގޮތުގައި، މިހާރު ސައުދީއަށް ގޮސްފައިވާ ހުރިހާ ހާޖީން ވަނީ އުމްރާގެ ކަންކަން ފުރިހަމަކޮށްފައެވެ. އަދި މިއަދު ފުރި ހައްޖުވެރިންނަށްވެސް މިއަދު ހަވީރުގެ ވަގުތެއްގައި އުމްރާގެ އަޅުކަން ނިންމާލެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިއަހަރު ރާއްޖެއަށް ލިބުނު 1،000 ހައްޖު ކޯޓާގެ ދަށުން ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ މައްކާގައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved