April 9, 2026
Advertisement
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރި ހައްޖާޖީން ހުކުރު ދުވަހު އެނބުރި ގައުމަށް އަންނަން ފަށާނެ
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރި ހައްޖާޖީން ހުކުރު ދުވަހު އެނބުރި ގައުމަށް އަންނަން ފަށާނެ / އިސްލާމިކް މިނިސްޓްރީ

ދިވެހި ހައްޖާޖީން އެނބުރި އަންނަން ފަށާނީ ހުކުރު ދުވަހު!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 12, 2025, 01:58 AM
މާލެ ސިޓީ

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިން މި މަހުގެ 13 ވާ ހުކުރު ދުވަހު އަންނަން ފަށާނެކަމަށް ހާމަކޮށްފިއެވެ.

Advertisement

ޙައްޖު މިޝަނުން ހާމަކޮށްފައިވާ ގޮތުގައި ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ.

އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ހައްޖުވެރިން ރާއްޖެ އައުމުން ބަލާ ދާއިރު، ކުޑަކުދިން ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައި ވެއެވެ.

މިގޮތަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވަނީ ހައްޖުވެރިންނާއި އުމްރާވެރިން އެނބުރި ރާއްޖެ އައުމާ ގުޅިގެން އާންމު ރޯގާތައް އިތުރުވެދާނެކަން ހާމަކޮށެވެ.

މިއަހަރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ހިދުމަތް ރާއްޖެއަށް ލިބުމާއެކު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާކަން ހައްޖު މިޝަނުން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަމަށް ގޮސްފައިވަނީ 1000 މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved