May 20, 2026
Advertisement
އަޅުގަޑަކީ ވަޠަނީ މީހެއް، އަދިވެސް މިހުރީ އެގޮތުގައި: ރައީސް ޔާމީން
އަޅުގަޑަކީ ވަޠަނީ މީހެއް، އަދިވެސް މިހުރީ އެގޮތުގައި: ރައީސް ޔާމީން / ތޭރަ އޮންލައިން

އަޅުގަޑަކީ ވަޠަނީ މީހެއް، އަދިވެސް މިހުރީ އެގޮތުގައި: ރައީސް ޔާމީން

May 20, 2026, 07:19 PM
މާލެ ސިޓީ

އަބަދުވެސް ހުންނަވާނީ ގައުމުގެ ދެކެ ލޯބިވާ ގައުމުގެ މަސްލަހަތު އިސްކުރާ، ވަޠަނީ މީހެއްގެ ގޮތުގައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީން ގެންގުޅޭ ބައެއް އުސޫލުތަކާއި ހަމަތަކާ ޚިލާފުތަކެއް އެމަނިކުފާނުގެ އަދިވެސް އުޅޭކަށެވެ. ނަމަވެސް، އެމްޑީޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މިއަދު މި އުޅެނީ ދިވެހީންގެ އެންމެ ބޮޑު އެއް ހައްގު ގެއްލިގެން ކަމަށެވެ. އެހެންކަމުން އެ ހައްގު އަނބުރާ ހޯދުމަށް އެމްޑީޕީއާ އެކީ މަސައްކަތް ނުކުރެވެންވީ ކީއްވެތޯ ކަން ވެސް އެމަނިކުފާނު އެއްސެވިއެވެ.

ތިން ރައީސުންގެވެސް ހުރި ޚިޔާލުތަފާތުވުންތައް އެއްފަރާތްކުރުމަށް ފަހު އިއްތިހާދުވެ ކުރިއަށް ދާން ނިންމެވީ، ރާއްޖޭގެ ކަންތައްތައް ގޯހުން ގޯހަށް ދާތީ ކަމަށް، ރައީސް ޔާމީން ވިދާޅުވިއެވެ. ބައެއް ކަންކަމުގައި ތިން ރައީސުންގެ ވެސް ޚިޔާލު ތަފާތުވާކަމަކީ އެންމެން ދަންނަ ހަގީގަތެއް ކަމަށްވެސ އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅުންނަށް ހަމަ، ސާބިތުކަމާއެކީ ތިއްބަވާށޭ، އަޅުގަނޑު އެ ބޭފުޅުންނެއް ލެޓް ޑައުނެއް ނުކުރާނަމޭ އިނގޭތޯ

ރައީސް ޔާމީން

ރައީސް ޔާމީން  ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީކުރުވޭނެ އިތުރު ގޮތެއް ނެތް ކަމަށާއި، ފުރަތަމަ އޮތީ އެ މަސައްކަތްކުރުން ކަމަށެވެ. ތިން ރައީސުންގެވެސް ޚިޔާލު ތަފާތުވާ ކަންކަމާމެދު މަޝްވަރާކުރުން އޮތީ އޭގެ ފަހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކިތަންމެ ގޯސްކޮށް ގައުމުގެ ހާލަތު އޮތް ނަމަވެސް، ކުޑަކުޑަ މަސައްކަތަކުންވެސް ގައުމު ހަމައަކަށް އެޅުވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved