
ދިވެހިރާއްޖޭގެ ކަންކަން މިހާރު މިއޮތް ހިސާބަށް ދާން ޖެހޭތޯ އައްސަވާ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް ސަރުކާރަށް އަމާޒުކޮށް ދޫކޮށްލައިވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ގައުމުގައި މިހާރު ހިނގަމުންދާ ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދޭނެ ކަމަށާ އެސްއޯ ފުލުހުން ނެރެ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާކުރި ކުރުުން މި ސަރުކާރުގައި ތަކުރާރު ނުކުރާނެ ކަމަށާ އެއީ އެމަނިކުފާނު ހިތްއެދޭ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ވެސް އިޝާރާތްކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ފެންނަމުން ދަނީ ޑރ މުއިއްޒުގެ ސްޕިލިޓު ޕާސަނަލިޓީއެއް ކަމަށާ މިހާރު އަދި ކަންކަން ހިންގަމުންދާ ގޮތް މާ ގޯސް ކަމަށެވެ. އެގޮތުން މީގެ ކުރި ސަރުކާރުތަކުގައި މުޒާހަރާގަިއ ބޭނުންކުރާ އާލާތްތަކަށް މުއްދަތު ނުޖަހާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ މިހާރު އެކަން ވެސް އޮތީ ބަދަލުވެފައިކަން ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އިން ރައީސުން ގުޅިގެން ޔުނައިޓެޑް ޑިމްކްރެޓިކު ފްރިންޓު އުފެދެން ޖެހުނީ މިފަދަ ކަންކަމާ ގުޅިގެން ކަމަށެވެ.










