ކ. ކާށިދޫ ބޯޓުޔާޑުގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށާއި ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަކަމުގައި ނަމަވެސް އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރު ކޮށް އިތުރު ސަރަހައްދުތަކަށް ފެތުރުުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތު ރޭ މެންދަމު 01:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނު ކަމަށެވެ.
އެއާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 (އަލިފާން ނިއްވާ ލޯންޗުގައި) ގައި 01:48 ހާއިރު ދަތުރު ފެށިކަމަށާ ފަތިހު 04:40 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފަ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވި ނަމަވެސް އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ މި ހާދިސާގައި އެއްކޮށް އަނދާ ހުލިވެފައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވާފައެވެ.