March 12, 2026
Advertisement
އެޑިޔުކޭޝަން މިނިސްޓަރ
އެޑިޔުކޭޝަން މިނިސްޓަރ / ރައްޔިތުންގެ މަޖިލިސް

ގިނަ ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން: އެޑިއުކޭޝަން މިނިސްޓަރ

Aishath Naja
އައިޝަތު ނަޖާ
Mar 19, 2024, 10:36 PM
މާލެ ސިޓީ

ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނެވެރިން ހިމެނޭހެން ގިނަ ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

Advertisement

ދަރިވަރުންނާއި ޓީޗަރުންނަށް އަދި ބެލެނެވެރިންނަށް ކޮށްފާނެ ނަރަނގަޅު އަސަރަކަށް ނުބަލައި، އެއްވެސް ދިރާސާއެއް ނުކޮށް އެކަޑަމިކް ކަލަންޑާ ބަދަލުކޮށް ދިރާސީ އާ އަހަރު ފަށާ ގޮތަށް މި ސަރުކާރުން ބަދަލުކުރީ ކީއްވެގެންތޯ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބު ރައްޔިތުންގެ މަޖިލީހުގައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިރާސީ ކަލަންޑަރު ބަދަލުކުރެވުނީ ކުރީ ސަރުކާރުން ގެނެވިފައިވާ ބަދަލާމެދު ދިރާސާ ކުރުމަށްފަހު އޭގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް ފެންނާތީ ކަމަށެވެ.

އަދި މިނިސްޓްރީން ކުރި ދިރާސާގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން ބޭނުންވަނީ ކުރިން އޮތްގޮތަށް ދިރާސީ އަހަރު ފަށަން ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ ދިރާސާއިން ދައްކާގޮތުން ޓީޗަރުންނާއި ބެލެނެވެރިންވެސް އެކަޑަމިކް ކަލަންޑާ ބަދަލުކުރަން ނޭދޭ ކަމަށާއި ދަރިވަރުންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު އެ ބަދަލު ގެންނަން ދަރިވަރުންވެސް ނޭދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް ކުރީ ސަރުކާރުން ވަނީ އެބަދަލު ގެނެސް އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފެށޭ ގޮތަށް ބަދަލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved