July 9, 2026
Advertisement
ތުހުމަތެއް ކުރެވުމުން މަގާމުން އެކަނި ވަކިކުރުމުން ނުފުދޭ، ޕްރޮސެކިއުޓުވެސް ކުރެވެން ޖެހޭނެ: އަލީ އާދަމް
ތުހުމަތެއް ކުރެވުމުން މަގާމުން އެކަނި ވަކިކުރުމުން ނުފުދޭ، ޕްރޮސެކިއުޓުވެސް ކުރެވެން ޖެހޭނެ: އަލީ އާދަމް

ތުހުމަތެއް ކުރެވުމުން މަގާމުން އެކަނި ވަކިކުރުމުން ނުފުދޭ، ޕްރޮސެކިއުޓުވެސް ކުރެވެން ޖެހޭނެ: އަލީ އާދަމް

Jul 8, 2026, 09:46 PM
މާލެ ސިޓީ

ދައުލަތުގެ މަގާމެއްގައި ހުންނަ މީހަކަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަގާމުން ވަކިކުރުމުން އެކަނި ނުފުދޭ ކަމަށާ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ މައްސަލަ ބަލާ ތަހުގީގުކުރެވެން ޖެހޭ ކަމަށް އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ،ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު މަގާމު ހުރި މުހައްމަދު ޔަސީން މަގާމުން ވަކިކުރީ ފްލެޓް ދޭނެކަމަށްް ބުނެ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާތީކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި ކަމަށް ބުނެ އޮންލައިން ނޫހެއްގައިވާ ޚަރަބެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލީ ވިދާޅުވީ، ޚަބަރު އަޑު އިވުމުން ލިބުނީ ކުއްލި ހައިރާން ކަމާ ސިހުން ކަމަށާ ސަބަބަކީ، ސުރުޙީގައި ވާގޮތުން ޚަބަރުގެ  ފޮޓޯގައިވާ ނައިބު ވަޒީރު، މީހެއް ނުވަތަ ބަޔެއްގެ އަތުން ފުލެޓެއް ދޭނަކަމަށް ބުނެ އޮޅުވާލައިގެން ނުވަތަ ވަގަށް ނުވަތަ ޓެކުން، ކަން ކަށަވަރުވުމުން އެނައިބު ވަޒީރު ހަމައެކަނި މަގާމުން ވަކި ކުރީ ކަމަށް އެކަނި އޮތުމުން ކަމަށެވެ.

އޭނާ މަގާމުން ވަކިކުރީމަ އެނިމުނީތޯ ހިތަށްއަރާ ސިހުނީ ކަމަށާ އާންމު ގޮތެއްގައި މިފަދަ ކަމެއް މީހަކު ކޮށްފިނަމަ އެމީހަކު ޕުރޮސިކިއުޓު ކުރެވި ޝަރިއަތުން ހުކުމެއްކޮށް އަދަބުވެސްދެވޭއިރު މިފަހަރު އެ އުސޫލުން ކަން ހިނގާފައި ނެތުމުން ކަމަށް ވެސް އަލީ ވިދާޅުވެފައިވެއެވެ.

ނައިބު ވަޒީރު އެކުރި ކަންތަކުގެ އަދަބަކީ ވަޒީފާއިން ވަކިވުން އެކަނި ކަމަށްވާނަމަ، އެއީ ވަރަށް ހެއްވާ އިންސާފެއްގެ ގޮތުގައި ސިފަކުރައްވާ އަލީ އިތުރަށް ވިދާޅުވެފައިވަނީ،  މިފަދަބޮޑު ޓެކުމެއް ޓެކިގެންވެސް ހޯދި އެއްޗެއް ފެންފޮދަކާނުލާ ދިރުވާލައިގެންވެސް ބޭރައް ވަޔެއްވެސް ނުލައި ހުރުމުން ނިމުނީކަމަށް ދެކުމަކީ މި ސަރުކާރު އާދައެއް ކަަމަށެވެ.

އެގޮތުން އޭނާ ވަނީ ކުރިން ވެސް މި ސަރުކާރުގައި ހިންގާފައިވާ އެފަދަ ބައެއް ކަންކަމަށް އިޝާރާތްކުރައްވާފައެވެ. އޭގެ ތެރޭގައި، އެޗްޑީސީގެ ކުރިގެ އެމްޑީ ފަޒުލް ރަޝީދުއާ އޭނާގެ ބޭބެ ފަޒީލު ރަޝީދުއާ ދެބެން އެޗްޑީސީ ތެރެއިން ވައްކަން ކުރުމުން ވެސް މައްސަލައެއް ނުބަލާ ކަމާ ރައްޔިތުންގެ ބިމުން ޓެކުމުން ވެސް ކުރެވުނު ތަހުގީގެއް ނެތްއިރު ސަރުކާރުގެ ހިންފާ ޕާާޓީގެ އިސް މަގާމުތަކުގައި އެ މީހުން ދެމި ތިބުމަކީ ސަރުކާރުގެ ކަންކަން ހިނގާ ނާ އިންސާފުވެރި ގޮތްކަން އަލީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލީ ވަނީ، މިހެން ކަން ކަން ހިނގާނަމަ، އިންސާނަކު އަޖައިބު ނުވެ ނުހުންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މުހައްމަދު ޔަސީން ވަނީ ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން 8 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައެވެ. އަދި އެ މީހުންނަށް އެކަން ކޮށްދޭން އޭނާ ވައުދުވެފައިވަނީ ސަރުކާރުގެ ތެރެއިން ކަންކަން ކޮށްދީގެންނެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފުރަތަމަ ސަސްޕެންޑްްކުރުމަށްފަހު މައްސަލަ ބަލާ ހެކިހުރުމުންކަމަށް މުންދު ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ގޯސްކަމެއް ހިންގައިފި ނަމަ ބަލާ ތަހުގީގުކޮށް މަގާމުން ވަކިކުރުމަކީ ރަގަޅުކަމެއް ނަމަވެސް، މި ސަރުކާރުގައި މީގެ ކުރިން ވެސް ވެރިންގެ މައްޗަސް އެކި ތުުހުމަތު ކުރެވުނު އިރުވެސް ތަހުގީގެއް ހިންގާ ނުލާ މަގާމުތަކުގައި ބޭއްތިބިކަމަށް އަޑުތައް ގަދަވެފައިވެއވެެ. އަދި ބައެއް ބޭފުޅުންނަށް އެފަދަ ތުހުމަތުތައް އޮއްވާ ޕްރޮމޯޝަންވެސް ލިބިފައިވާކަމަށް ވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved