March 19, 2026
Advertisement
އަލީ އާދަމް
އަލީ އާދަމް / ތޭރަ އޮންލައިން

މިނިވަން މުއައްސަސާތައް ވަނީ ސިޔާސީ ކަސްތޮޅު އެޅިފައި: އަލީ އާދަމް

Mariyam Isaadha
މަރިޔަމް އިސާދާ
Feb 7, 2025, 10:18 PM
މާލެ ސިޓީ

ގައުމުގައި ހުރި މިނިވަން މުއައްސަސާތައް ހުރީ ސިޔާސީ ކަސްތޮޅު އެޅި މިނިވަންކަން ގެއްލިފައިކަމަށް، އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ ޗެނަލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ވިދާޅުވީ، މިނިވަން މުއައްސަސާތައް މިއަދު ފުލީ ފަންކްޝަން ނުކުރާ ކަމަށާ އެ އިދާރަތައް މަލްފަންކްޝަން ކުރަނީ އެ ތަންތަނުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނަންގަވާ ތަނުގެ އިތުބާރު ގެއްލުވާލާފައިވާތީ ކަމަށެވެ.

އަލީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަންފީޒި އިދާރާތައް މިއަދު ހުރީ ސިޔާސީ ކަސްތޮޅުން ތަޅު އެޅުވިފައި ކަމަށާ ތަންފީޒީ އިދާރާތަަކަށް އައްޔަންކުރާ ވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭބޭފުޅުންނަށް ވުމަކީ އޭގެ މައިގަނޑު ސަބަބު ކަމަށެވެ.

އެތަންތަން ވަރަށް ރީއްޗަށް މެލްފަންކްޝަނިންއަށް ދާނެ ނޫންތޯ، ކޮންމެ ތިކަހަލަ ތަނެއްގެ ވެރިއަކަށް ލައްވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއް. މީގެ ކުރިން ތިތަންތަނަށް ކުރިމަތި ލަނީ ރައްޔިތުންގެ ތެރޭގައި ތިބި ނަޒާހާތްތެރި ބޭފުޅުންގެ ތެރެއިން ނަންފުޅުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެޕޮއިންޓްކުރާ ގޮތަށް އޮތްކަމެއް އެކަމަކު މިހާރު އެގްޒެކްޓްލީ މި ލައްވަނީ އެ ބޭފުޅާ ބޭނުންފުޅުވާ ބޭފުޅަކު އެމަގާމުތަކަށް އެ ބޭފުޅާ ބޭނުންފުޅުވާ ކަންތައްތަކެއް ހިންގެވުމަށް މަގުފަހިކުރުމަށް. ދެން މެލްފަންކްޝަން ނުވެ އޮންނާނެތޯ؟ ނޯންނާނެ ނޫންތޯ؟

އަލީ އާދަމް

އަލީ އިތުރަށް ވިދާޅުވީ، ގައުމުގައި ކޮރަޕްޝަންގެ މޫތައް އެންމެ ގަދައަށް ފެތުރިފައިވަނީ ވެރިންގެ މެދުގައި ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ ހައްގުގައި ކޮށްދޭން ޖެހޭ މަސައްކަތްތަކާ މެދުވެސް ސަރުކާރުން އިހުމާލުވަމުން ގެންދާކަން އަލީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved