May 31, 2026
Advertisement
ޝަރީއަތް ނުވެސް ފަށަނީސް ހުކުމް އޮތީ މާކުރިން ލިޔެފައި: ޝަހުޒާން
ޝަރީއަތް ނުވެސް ފަށަނީސް ހުކުމް އޮތީ މާކުރިން ލިޔެފައި: ޝަހުޒާން / ތޭރަ އޮންލައިން

ޝަރީއަތް ނުވެސް ފަށަނީސް ހުކުމް އޮތީ މާކުރިން ލިޔެފައި: ޝަހުޒާން

May 30, 2026, 04:01 PM
މާލެ ސިޓީ

ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓަށް ހާޒިރުކޮށް ކުރި ޝަރިއަތުގައި އޭނާގެ މައްޗަށް އޮތީ މާކުރިން ހުކުމް ލިޔެފައި ނިންމާފައިކަމަށް އޭނާ ހާމަކޮށްފިއެވެ.

Advertisement

ޗެނަލް13ގެ "ގައމީ ނިދާ" ކަވަރޭޖުގައި ވާހަކަ ދައްކަމުން ޝަހުޒާން ވަނި އޭނާ  ދެވަނަ ފަހަރު  ކޯޓަށް ހާޒިވެ އިންދާ ޝަރީއަތް ނުހިންގަނީސް އޭނާ ޖަލަށްލާން މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން މެންދުރު 1 ޖެހި އިރު ކޯޓަށް ހާޒިރުވެ، އޭނާ ކޯޓުގައި ފުރިހަމަ ޖަވާބުދާރީ ވާން އެދި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދުމުން އޭނާއަށް ދިނީ 2 ގަޑިއިރުގެ ވަގުތެއް ކަމަށެވެ. އޭނާ އެދުނީ 5 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތެއް ވަކީލަކު އައްޔަންކުރުމަށް ދޭން ނަމަވެސް ކޯޓުން އެންމެ 2 ގަޑިއިރުސީ ހަވީރު 4 ޖަހާއިރަށް ކޯޓަށް ހާޒިރުވާން އެންގުމުން. 4:15ގައި ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރު ކުރި ނަމަވެސް 4:30 ވީއިރުވެސް ގާޒީ ހާޒިރުވެފައިނުވާ ކަމަށާ އިދާރީ މުވައްޒަފުންގެ އެންގުމަށް އޭނާ ކޯޓުގެ ތިރީ ފަންގިފިލާގައި މަޑުކޮށްލުމުން އޭނާއާ ހަވާލުވާން ސެކިއުރިޓީ އައި ކަމަށެވެ.

އޭރު އަދި އޭނާގެ މައްޗަށް ޝަރީއަތް ނުހިންގާ ކަމަށާ ނަމަވެސް ސެކިުރިޓީ އައިސް އޭނާ ގެންދަން މަސައްކަތްކުރުމުން އެއީ ކޮންބައެއްތޯ ސުވާލުކުރުމުން އެއީ ސެކިއުރިޓީއިން ކަމަށް ބުނި ކަމަށާ އޭރު އިދާރީމުވައްޒަފު ބޮލުގެ އިޝާރާތުން ނޫނެކޭ އެމީހުންނަށް ބުނަމުންދިޔަ މަންޒަރު ފެނުނު ކަމަށް ވެސް ޝަހުޒާން ބުނެފައިވެއެވެ.

ޝަހުޒާން ބުނީ އިށީނަން ގޮނޑި ދައްކާ އެތަނުން އިދާރީ މުވައްޒަފުއާ އަދި ސެކިއުރިޓީއިން ތަނުން ބޭރުވެ ދޮރުލެއްޕެމުން ދިޔަ ވަގުތު ސެކއިރިޓީން ގާތު އިދާރީ މުވައްޒަފު، "އަދި ހުކުމް ނުކުރެއޭ" ބުނި އަޑު އިވުން ކަމަށާ އެކަމުން އެނގެނީ އޭނާގެ ހުކުމް މާކުރިން ލިޔެ ނިމިފައިވާ ކަން ކަމަށް ވެސް ޝަހުޒާން ވަނީ ބުނެފައެވެ.

ޝަހުޒާން ބުނީ އޭނާ އާ ލީވާން ޖަލަށްލީ އެހެން ނޫސްވެރިންނަށް ބިރު ދެއްކުމަށް ކަމަށާ ނަމަވެސް ހިތްވަރު ގަދަ އެތައް ނޫސްވެރިން މިގައުމުގައި އެބަ ތިބި ކަމަށާ ސަރުކާރުން ދައްކާ ބިރަކަށް ސިހި ފަތަށް ޖެހޭނެ ކަމަށް ހީކުރުމަކި ކުށްހީއެއް ކަމަށްވެސް ޝަހުޒާން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved