June 13, 2026
Advertisement
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް

އެންމެ ރުފިޔާއަކުންވެސް ޚިޔާނާތް ވިއަސް މިލިއަނުން ޚިޔާނާތް ވިޔަސް ޚިޔާނާތް ވާނީ ޚިޔާނާތަށް: އަލީ އާދަމް

Aiminath Sarah
އައިމިނަތް ސާރާ
Jun 10, 2026, 11:30 AM
މާލެ ސިޓީ

އެންމެ ރުފިޔާއަކުންވެސް ޚިޔާނާތް ވިއަސް މިލިއަނުން ޚިޔާނާތް ވިޔަސް ޚިޔާނާތް ވާނީ ޚިޔާނާތަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

މިހާރުގެ ސަރުކާރަށާއި އިންސާފު ގާއިމުކުރުމުގައި ހަމަހަމ ނުވާ މައްސަލައިގައި  "ތޭރަ އޮންލައިން" އާއި ވާހަކަ ދައްކަވަމުން އަލީ އާދަމް މި ފާޑުކިޔުންތައް އަމާޒުކުރެއްވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ވަޙީދު 25 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމާ ގުޅިގެންނެވެ.

އަލީ އާދަމް ވިދާޅުވީ، ވަކި ބައެއްގެ މައްސަލަތައް "ފަޓާސްބަރިއެއްހެން" ބަލައި ނިންމަމުންދާއިރު، ނުފޫޒުގަދަ މަގާމުތަކުގައި ތިބި އެހެން ބަޔަކު ހަމަޖެހިލައިގެން ތިބޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. މިގޮތުން ހުޅުމާލެއިން އަމިއްލަ އެއްބަނޑު އެއްބަފާ މީހަކަށް އުސޫލުން ބޭރުން ގޯއްޗެއް ދިން ކަމަށް ތުހުމަތު ކުރެވުނު މީހާގެ މައްސަލަ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެ މައްސަލައިގެ ތަހުގީގެއް ހިނގާކަން އެނގޭ އެކަކުވެސް ރާއްޖޭގައި އެބަހުރިތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ޚިޔާނާތުގެ މައްސަލަތަކުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވަމުން އަލީ އާދަމް ވިދާޅުވީ، "އެންމެ ރުފިޔާއަކުން ޚިޔާނާތްވިޔަސް، އަދި މިލިއަނުން ޚިޔާނާތްވިޔަސް ޚިޔާނާތް ވާނީ ހަމަ ޚިޔާނާތަށް" ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ބައެއް މީހުންނާ މެދު އަވަހަށް ފިޔަވަޅު އަޅާއިރު، އަނެއް ބަޔަކު ފިނި ކޮޓަރީގައި ހަމަޖެހިލައިގެން ތިބޭ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންސާފު ގާއިމުކުރުމުގައި ހަމަހަމަކަން ނެތްކަން ފާހަގަކުރައްވައި، އަލީ އާދަމް ވަނީ މި ސަރުކާރުގެ "އިންސާފުގެ އަހުލުވެރިންނަށް" ސާބަސް ދެއްވާފައެވެ. މި ވާހަކަތަކާއެކު، އަލީ އާދަމް ވަނީ މިހާރުގެ ސަރުކާރުން އިންސާފު ގާއިމުކުރުމުގައި ގެންގުޅޭ މިންގަނޑުތަކާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved