July 7, 2026
Advertisement
-
-

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 72 އަށް އަރައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 5, 2026, 10:40 PM
މާލެ ސިޓީ

ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިދަނޑިވަޅުގައި، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 72 އަށް އަރާފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަކުރައްވާފައިވަނީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ފައިސަލް އެވެ. ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ބަލިޖެހުނު 72 މީހުންގެ ތެރޭގައި ހިމެނެނީ 4 ކުޑަކުދިންނެވެ. ބާކީ ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން، ޚާއްޞަކޮށް އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ބަލިޖެހުނު މީހުންގެ އަދަދު 72 އަށް އަރާފައިވާކަން ޑރ. ފައިސަލް ހާމަކުރެއްވި ނަމަވެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި އަދަދުތައް އަދި ރަސްމީކޮށް އާންމެއް ނުކުރެއެވެ. އެޗްޕީއޭ އިން އެންމެ ފަހުން ތަފާސްހިސާބު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ނިޔަލަށް ބައްޔަށް ފައްސިވެފައިވަނީ 66 މީހުންނެވެ. އޭގެ ތެރޭގައި ފާއިތުވި ދެ ހަފްތާގައި މާލެ ސަރަހައްދުން ބައްޔަށް ފައްސިވި 44 މީހުން ހިމެނެއެވެ.

ރާއްޖޭގައި ބަލި ފެތުރުން އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved