
ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ކަނޑއެޅުމަށް ކުރިގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައމްަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ދިނާޔާ އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މިއަދު މަޖިލީހުގައި އިއްވާ، އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް، މަޖިލީހުގެ ޚާރިޖީގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ދިޔާނާ ވަނީކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
ދިޔާނާ މިވަގުތު ހންނެވީ މި ސަރުކާރުގައި އެމްބެސެޑަރ އެޓް ލާޖުގެ މަގާމުގައެވެ. އެ މަގާމަށް ރައީސް އޭނާ އައްޔަންކުރީ މިދިޔަ އެޕްރިލު މަހުގެ ތެރޭގައެވެ.










