ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަކަށް ބަޔަކު ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުގައި ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލް މިހާރު ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ގެއްލުންދީފައިވަނީ ކޮން ބަޔަކު ތޯ ހޯދުމުގެ މްސައްކަތް ވަނީ މާލެ ސިޓީ ކައުންސިލް އާ ފުލުހުންނާ ގުޅިގެން ކުރިޔަށް ގެންދަމުންއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ސަލްޓަން ޕާކުގައި ބޭނުންކުރާ ކުޅޭ އެއްޗިހި ބޭނުން ކުރާނެ ގޮތުގައި އިރުޝާދުދީފައިވާ ބޯޑުތައް ވަނީ ނައްޓައި ގެއްލުންދީފައެވެ.