March 1, 2026
Advertisement
ޖެހުނުތާކަށް ކުނި އެޅީމާ މޮޅީ ކާކަށް؟
ޖެހުނުތާކަށް ކުނި އެޅީމާ މޮޅީ ކާކަށް؟ / ތޭރަގްރެފިކްސް

މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ ފޮނުވާ ހޮޓްލައިނެއް ޤާއިމުކޮށްފި

Mariyam Sanaan
މަރިޔަމް ސަނާން
Mar 23, 2024, 11:04 PM
މާލެ ސިޓީ

މާލޭގެ މަގުމަތީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް، މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ނިޒާމު މާލޭ ސިޓީ ކައުންސިލުން ޤާއިމުކޮށްފިއެވެ.

Advertisement

މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލް ވަނީ ހާމަކޮށްފައިއެވެ. މީގެއިތުރުން، މާލޭ ސިޓީ ކައުންސިލްއިން އެދިފައިވަނީ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވަން 9341144 ނަންބަރަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ކުނި އަޅާ މީހުންގެ ފޮޓޯ ވެސް އާންމުކުރަން ފަށައިފައެވެ. އެ ކައުންސިލުން ދަނީ މަގުމައްޗަށް ކުނިއަޅާ މީހުން ބަލައި ޖޫރިމަނާވެސް ކުރަމުންނެވެ. އެގޮތުން މިމަހު 14 ވަނަ ދުވަހު ކައުންސިލުން ވަނީ މަގުމައްޗަށް ކުނި އެޅި މީހަކު ހޯދައި އެމީހާ ލައްވައި ކުނި ނަގުވައިފައެވެ.

މާލެ ސަރަހައްދުގައި މިހާރު ގިނަވެފައިވާ ކުންޏަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ.

އޭގެ ސަބަބުން ޕާކިން އޭރިޔާތަކާއި ދުވާރުމަތި އަދި ބައެއް ސަރަހައްދުތަކުގެ ކަންމަތިތައް ވެސް ނުހިނގޭ ވަރަށް ފުރިފައި އޮތެވެ.

ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ ޖާގަ ނުލިބި ހިނގާ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފައެވެ. ވެމްކޯ އާއި ކައުންސިލު ގުޅިގެން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ނަގާ ވަރަކަށް ކުނި އަޅަމުންދާތީ އެކަމަށް އަދިވެސް ހައްލެއް ނުލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved