March 20, 2026
Advertisement
އިންޑިއާ ސިފައިން ދިވެހި މަސްދޯނިއަކަށް އަރަނީ
އިންޑިއާ ސިފައިން ދިވެހި މަސްދޯނިއަކަށް އަރަނީ / ސޯޝަލް މީޑިއާ

މަސް ދޯނިތަކަށް އެރި މައްސަލައިގައި ސުވާލުކުރުން މާދަމާއަށް އެޖެންޑާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2024, 09:44 PM
މާލެ ސިޓީ

އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

Advertisement

މިނިސްޓަރު ޣައްސާންއާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފްއެވެ.

ހަސަން ލަތީފް މިނިސްޓަރު ޣައްސާންއާ ކުރާ ސުވާލުގައި ބުނެފައިވަނީ، ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައިކަން ނުވަތަ ރާއްޖެ ސަރަހައްދުން ބޭރުގައިކަން ކަށަވަރުކުރެވިފައިވޭތޯއެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލު މަޖިލީހަށް ހިއްސާކުރެއްވުމަށާއި، އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަޖެހޭ ބަދަލުތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ.

މިނިސްޓަރު ޣައްސާންއާ ސުވާލު ކުރުމަށް ބާއްވާ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.


ރާއްޖޭޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި މީގެކުރިން ޣައްސާން ވަނީ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހާޒިރުކޮށްފައެވެ. އެހެންނަމަވެސް އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސިއްރު ކޮށްގެނެވެ.

މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޖަވާބުދިނުމަށް އިންޑިއާއަށް އަންގާފައިވީ ނަމަވެސް އެގައުމުން ޖަވާބުދީފައި ނުވެއެވެ. މިކަމާ ގުޅިގެން އިންޑިއާ ޖަވާބުދާރީ ކުރުވުމުގައި ޑިފެންސާ އަދި ސަރުކާރުވެސް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved