
ކަނޑުފޭރޭ މީހުންނާ ދެކޮޅަށް އަރަބި ކަނޑުގައި ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވުމަށް ފަހު ޖަޕާނުގެ މަނަވަރެއް ރާއްޖޭގައި ބަނދަރުކުރުމަށް ފަހު ފުރައިފި އެވެ.
ގޮތުގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް (ޖޭއެސްއެމްއެފް) ގެ އަކެބޯނޯ މަނަވަރު ރާއްޖޭގައި އޮތީ މާޗު 19 އިން 20 އަށެވެ ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ހާމަކޮށްފައިވާގޮތުން. މިއީ އަރަބި ކަނޑާއި ގަލްފް އޮފް އޭޑެންގައި ހަރަކާތްތެރިވާ ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި މަނަވަރެއް ކަމަށް ޖަޕާނުގެ އެމްބަސީން ވިދާޅުވިއެވެ.
އެ އުޅަނދުގެ ކޮމާންޑިން އޮފިސަރު ކަމަށްވާ ކޮމާންޑަރު ޓޮގާވާ ވަނީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ އެމްބެސެޑަރުގެ އަރިހަަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި މަނަވަރު ޖަޕާނުގެ ކަނޑުގެ ދިފާއީ ލަޝްކަރާ ގުޅުނީ މާޗު 19, 2022 ގަ އެވެ. ދިގުމިނުގައި 151 މީޓަރު ހުންނަ މި މަނަވަރު ގަޑިއަކު 56 ކިލޯމީޓަރު ބާރުމިނުގައި ދުވެ އެވެ.
ޖަޕާނުގެ މަނަވަރުތައް ދޭތެރެ ދޭތެރެއިން ރާއްޖެއަށް ބަނދަރުކުރެ އެވެ. އާންމު ގޮތެއްގައި އެ މަނަވަރުތަކަކީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި ހިންގާ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ މަނަވަރުތަކެކެވެ.










