theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިންޑިއާ އައުޓުގެ ހަރަކާތުގެ އެއްވުމެއްގައި ޣައްސާން ހިމެނޭހެން މި ސަރުކާރުގެ ވެރިންތަކެއް ބައިވެރިވަނީ - / އަދަދު
ހަބަރު, ސިޔާސީ
ޣައްސާން މިހާރު ބޭނުމީ މަގާމް؛ ވިދާޅުވީ އިންޑިއާގެ އެއްބަސްވުންތައް ހާމަ ކުރަން ނުޖެހޭ ކަމަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 މޭ 2025
މާލެ ސިޓީ

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަ ކުރަން ނުޖެހޭ ކަމަށާއި ސަބަބަކީ އެއީ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް (ސިއްރު ކުރަން މަޖުބޫރުވާ ގޮތަށް މާއްދާތަކެއް އެއްބަސްވުންތަކުގައި ހިމަނާފައި ވުން) ހުރި އެއްބަސްވުންތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކުރެވިގެން އުޅޭ ސަބަބާއި ގުޅޭ ގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތި އިޝާރާތްކުރެއްވި އެއްބަސްވުންތައް އަދާހަމައަށް ހާމަ ނުކުރެވި އޮތް ސަބަބަކީ ދިވެހި ދައުލަތާއި އިންޑިއާއާ ދެމެދު ސޮއި ކުރެވިފަ ހުރި އެއްބަސްވުންތަކުގެ ތެރޭގައި އެ އެއްބަސްވުންތައް ސިއްރު ކުރުމުގެ މާއްދާ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހިމެނިފަ ހުރުމުން،

- ކުރިން އެއްބަސްވުންތައް ހާމަ ކުރައް އެންމެ ބޮޑަށް މުޒާހަރާ ކުރެއްވި ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ 1965 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް ޑިފެންސް މިނިސްޓްރީން ޒިންމާ ވާންޖެހޭ އޮތީ ހަތަރު އެއްބަސްވުން ކަމަށެވެ.

މިނިސްޓަރު ޣައްސާން އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާ އެކުއެވެ. އަދި، އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވި އެވެ.

ނަމަވެސް، ވެރިކަމަށް ވަޑައިގެން އަހަރެއްވީއިރު ވެސް އެއްބަސްވުންތައް ހާމަނުކުރާތީ އެ މަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved