ކުޑަކުދިން ސިފައިންގެ އަށް ވައްދަން ހުޅުވާލައިފި / ރައީސް އޮފިސް
ހަބަރު
ކުޑަކުދިން ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން ސަރުކާރުން ހުޅުވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 މޭ 2025
މާލެ ސިޓީ

ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ކުޑަ ކުދިން ބައިވެރިވާން ސަރުކާރުން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އޭގެތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.

މިހާރު ރާއްޖެގެ ގާނޫނުބުނާގޮތުން 18 ފުރެންދެއް ކޮންމެ މިހަކީ ކުޑަކުދިންނެވެ. އަދި ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ރޭ ބުންޏެވެ. ފޯމު ހުށަހެޅޭނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ. ނަމަވެސް ދޭ އެލަވަންސްގެ ތަފްސީލެއް ސަރުކާރުން އަދި ނުދެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved