March 10, 2026
Advertisement
އިންޑިއާއިން ގައްސާންގެ ބޯ ގުދުކޮށް، މަޝްވަރާތައް ސިއްރު ކޮށްފި
އިންޑިއާއިން ގައްސާންގެ ބޯ ގުދުކޮށް، މަޝްވަރާތައް ސިއްރު ކޮށްފި / ތޭރަގްރެފިކްސް

އިންޑިއާގެ ނަން ނުގެނެސް ޣައްސާން ވިދާޅުވީ ރާއްޖޭގައި އެހެން ގައުމުތަކުގެ ޖާސޫސުން އެބަތިބި ކަމަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 6, 2025, 06:44 PM
މާލެ ސިޓީ

ރާއްޖޭގައި މި ވަގުތު ހަރަކާތްތެރިވާ އެހެން ގައުމުތަކުގެ ޖާސޫސުންގެ މައުލޫމާތު އެނގޭ ކަމަށް ޑިފެންސް މިނިސްޓަރު، ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement

އިންޑިއާ އަދި އެނޫން ބޭރު ގައުމެއްގެ ނަން ވެސް ނުގެންނަވާ ޣައްސާން ވިދާޅުވީ އެ މީހުންގެ ނަންތައް ހާމަކުރުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ.

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ޖާސޫސުންގެ މައުލޫމާތު ޑިފެންސް އިންޓެޖިލެންސް ސާވިސްއަށް އެނގޭނެ. އެ މީހުން ކުރަމުން ގެންދަނީ ކޮން ކަމެއްކަން އަޅުގަނޑުމެން މިދަނީ ބަލަމުން.

ޣައްސާން ވިދާޅުވި އެވެ.

މި ސަރުކާރުގެ އިސް ސަފުގައި މިހާރު ތިއްބެވި ވެރިން، މިދިޔަ އެމްޑީޕީ ސަރުކާރުގައި މަގުތަކަށް އެއްވެ އެންމެ ގަދައަށް އަޑުއުފުލި ކަންކަމުގެ ތެރޭގައި އިންޑިއާގެ ޖާސޫސީ ސިފައިން ރާއްޖޭގައި ތިބުމުގެ މައްސަލަ ހިމެނެ އެވެ. "އިންޑިއާ އައުޓް"ގެ ނަމުގައި އެއްވުންތައް އޭރު ބޭއްވިއިރު، އިދިކޮޅުގައި ތިއްބަވައިގެން ވިދާޅުވަމުން ގެންދެވީ އަވައްޓެރި އިންޑިއާގެ ރޯ އޭޖެންޓުން ރާއްޖޭގެ އެކި ތަންތަނުގައި ވަޒީފާ އަދާ ކުރަމުންދާ ކަމަށެވެ.

ޣައްސާން މިއަދު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަ ކުރަން ނުޖެހޭ ކަމަށާއި ސަބަބަކީ އެއީ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހުރި އެއްބަސްވުންތަކެއް ކަމަށް ވެސް ވިދާޅުވެ ފައިއެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާ އެކުއެވެ. އަދި، އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވި އެވެ.

ނަމަވެސް، ވެރިކަމަށް ވަޑައިގެން އަހަރެއްވީއިރު ވެސް އެއްބަސްވުންތައް ހާމަނުކުރާތީ އެ މަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved