ރާއްޖޭގެ އަސްކަރީ ބޭނުމަށް ގެނައި ސްޕެޝަލް އޮޕަރޭޝަންސް ވެހިކަލް އެސްއޯވީ / ރައީސް އޮފިސް
ހަބަރު
ގައުމީ ސަލަމާތާއި ގުޅުން ހުރި ކަމެއްކަމަށް ބުނެ އެސްއޯވީތައް ގަނެ މޮޑިފައި ކުރަން ދިޔަ ހަރަދު ނުލިބޭނެކަމަށް ޑިފެންސްއިން ހާމަކޮށްފި
Hussain Nawaf
ހުސައިން ނަވާފް
01 މޭ 2025

ގައުމީ ސަލަމާތާއި ގުޅުން ހުރި ކަމެއްކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފަށް ގެނައި ސްޕެޝަލް އޮޕަރޭޝަންސް ވެހިކަލް އެސްއޯވީތައް ގަނެ މޮޑިފައި ކުރަން ދިޔަ ހަރަދު ހާމަ ކުރުމަށް ޑިފެންސް މިނިސްޓްރީން އުޒުރުވެރިވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން މިފަދައިން ހާމަކޮށްފައިވަނީ 13 އޮންލައިނުން އެސްއޯވީތައް ގަތުމަށް ދިޔަ ހަރަދު ހޯދުމަށް ހުށަހެޅި ރައިޓް ޓު އިންފޮމޭޝަން އާރްޓީއައީ އަކާއި ގުޅިގެންނެވެ.

އެގޮތުން ގާނޫނު އަސާސީގައި ބަޔާން ކުރާ ސިފައިންގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ގޮތުން ގެނަވުނު ވެހިކަލްތަކެއް ކަމަށް އެ އާރްޓީއައީގެ ޖަވާބުގައި ޑިފެންސުންވަނީ ބުނެފައެވެ.

އަދި ގާބިލް އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ދިފާއީ ބާރު ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ އިސްކަން ދެއްވާ އެއްކަން ކަން ފާހަގަކޮށް އެ ވެހިކަލްތައް ގަނެފައިވަނީ ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއެކު ގަނެވުނު ވެހިކަލްތަކެއްކަމަށްވެސް ޑިފެންސް އިން މައުލޫމާތު ދީފައިވެ އެވެ.

އެހެންކަމުން އެ ކަމަށް ހޯދާ އެފަދަ ތަކެއްޗާއި ބެހޭ މައުލޫމާތު ހާމަ ކުރުމަކީ ދިވެހި ސިފައިންނަށް ގާނޫނޫން މަތި ކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅިދާނެ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަމަކަށް ވާތީ މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ގާނޫނޫގެ ދަށުން މައުލޫމާތު ދެވެން ނެތް ވާހަކަވަނީ ބުނެފައެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކަމަށް ބުނެ ގަތް ހަތިޔާރަކީ ފަލަސްތީނުގެ ރައްޔިތުން ކަތިލާ މަރަމުންދާ ޖައްބާރު ޔަހުދީ އިޒްރާއިލުގެ ކުންފުންޏަކަށް ފައިސާދީ ގަތް ހަތިޔާރެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެންމެ ފަހުން ގެނައި އަޖްބާން މަރުކާގެ "އަޖްބާން 442އޭ" އުފައްދާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުނި އެޖް ގްރޫޕަކީ ޖައްބާރު ޔަހޫދީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއްކަން ވަނީ ހާމަވެފަ އެވެ.

ރާއްޖެއިން އަސްކަރިއްޔާއަށް ބަރު ހަތިޔާރު ގަތުމަށް ފައިސާ ޔޫއޭއީގެ އެޖް ގުރޫޕަށް ފައިސާދީފައިވާއިރު އެ ކުންފުންޏަކީ އިޒްރާއީލުންގެ ތާޑްއައި ނަމަކަށް ކިޔާ ކުންފުނީގެ 51 އިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދި ދުނިޔޭގެ ބޮޑެތި މީޑިޔާތަކުން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޖް ގްރޫޕުން ތާޑު އައިގެ ހިއްސާ ގަތީ މި އަހަރުގެ ކުރީކޮޅެވެ. އެޖް ގްރޫޕުން ތާޑު އައިގެ 30 އިންސައްތަ ހިއްސާ ގަތީ 10 މިލިއަން ޑޮލަރަށް ކަމަށްވެސް ވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved