March 20, 2026
Advertisement
ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގައި
ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގައި / -

އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރީ އޮޅުމަކުން ކަމަށް ބުނެފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 26, 2024, 01:02 AM
ކަޝްމީރް

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އަރައި ބަލައި ފާސްކޮށްފައި ވަނީ މައުލޫމާތުގެ އޮޅުމަކުން ކަމަށް ހާމަކޮށްފިއެވެ.

Advertisement

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އަރައި ބަލައި ފާސްކޮށްފައި ވަނީ މިދިޔަ ޖެނުވަރީ މަހު އެވެ. ބޭރު ސިފައިން އަރާފައި ވަނީ "މާހޯރާ 3"، "އަސުރުމާ 3" އަދި "ނިރު 7" ކިޔާ ތިން މަސް ދޯންޏަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫނު ވިދާޅުވީ އެކަން ހިނގީ އެގޮތަށް ކަމަށް ގަބޫލު ކުރައްވަނީ، "އެކުވެރި ގައުމަކުން ރަސްމީކޮށް ދީފައި އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ" ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފު އެ ދުވަސްވަރު އިންޑިއާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ބޭފުޅުން ދެއްވި ޖަވާބަކީ ވެސް އެއީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަވާ ގޮތުގަ އެދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަނަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފަ އެބަ އޮތް. އެއީ ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް އެ މައުލޫމާތު ނުދީ އެކަން ހިންގުނީ މިސްކޮމިއުނިކޭޝަނެއްގެ ތެރެއިން.

ޣައްސާން

އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރުން ފަދަ ކަންތައްތައް ހިނގިޔަ ނުދިނުމަށް ޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވަސީލަތްތައް އިތުރުކުރުން ކަމަށާއި ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރީ އޮޅުމަކުން ކަމަށް ބުނުމުން ސަރުކާރުން އެކަން ގަބޫލުކޮށްފައިވާއިރު، ރައީސް އަބްދުﷲ ޔާމީން ގާއިމުކޮށްދެއްވި ކޯޑްއެފްގެ އައު ރަން ވޭ ނުހުޅުވާ އޮއްވާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ކެޕްޓަންއަކު ވަނީ އެ ރަންވޭގައިވެސް އޮޅުމަކުން ފްލައިޓު ޖައްސާފައެވެ. އެހެންކަމުން އިންޑިއާއަށް ވަރަށް ގިނައިން އޮޅުން އަރާއިރު އޮޅުމަކުން ދެން ކުރާނީ ކިހާ ވަރެއްގެ ކަމެއް ކަމާ މެދު ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved