March 21, 2026
Advertisement
އަކްރަމް އަދީލް ސައީދު
އަކްރަމް އަދީލް ސައީދު / މޯލްޑިވްސް ޕޮލިސް ސާރވިސް

އަކްރަމް ގެއްލިގެން ހޯދަނީ، ފުލުހުން އެދުނީ އާންމުންގެ އެހީތެރިކަމަށް!

Aishath Naja
އައިޝަތު ނަޖާ
Mar 27, 2024, 02:15 AM
ހުޅުމާލެ

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނާ، އަކްރަމް އަދީލް ސައީދު ގެއްލިގެން ހޯދާކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

އަކްރަމްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 19:22 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަކްރަމް އެންމެ ފަހުން ފެނިފައިވަނީ އެދުވަހުގެ މެންދުރު 13:15 ހާއިރު އޭނާ މިހާރު ދިރިއުޅެމުންގެންދާ ހުޅުމާލޭ ފޭސް 2 އެޗް 15 އިން ކަމަށް އަކްރަމްގެ އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved