ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ގައުމަށް އޮތީ ބިރުވެރިކަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ޙަޔާތުގެ އެންމެ ބޮޑު މަގާމު ހޯދީ ރައީސް ޔާމީނުގެ ޝަރީޢަތް ވިއްކައިގެން ކަމަށެވެ.
މިއަދު ދީނީ އަގީދާ އަކީ ދޮގުހެދުމާ، ޗާލާކީވުމާ މަައްކާރު ވާހަކަތައް ކަމަށް ހީވާން ފަށައިފި ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ރައީސް ޔާމީނަށް އިހުސާންތެރިކަމުގެ ބަދަލުގައި ދެއްވި ގޮތް މިއަދު މިއޮތީ ހާމަޔަށް ކަމަށްވެސް ޑރ ޖަމީލް ވަނީ ވިދާޅުވެ، ރައީސް މުއިއްޒަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
މިފަދަ ދޮގުތައް ހަދާ ވެރިޔަކަށް ކުރިޔަށް އޮތް މަޖިލިސް ދޭން ހެޔޮނުވާނެކަމަށާއި ރައީސް މުއިއްޒު ފަދަ ވެރިޔަކު ޖަވާބުދާރީ ކުރެވޭނީ ސަރުކާރަށް ނިސްބަތް ނުވާ މެމްބަރުންތަކެއް ތިބެގެންކަމަށެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު، ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައުމަށްފަހު ވައުދާ ހިލާފްވުމުންނެވެ.