April 22, 2026
Advertisement
ނާއިފު ޝައުކަތު ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ
ނާއިފު ޝައުކަތު ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ދިވެހީންގެ ރާއްޖެއަކީ ރައީސް ޔާމީން ލީޑުކުރައްވާނެ ރާއްޖެއެއް، މިހާރު އޮތީ އެފަދަ ރާއްޖެއެއް ނޫން: ނާއިފް

Mariyam Isaadha
މަރިޔަމް އިސާދާ
Jan 13, 2024, 08:10 PM
މާލެ ސިޓީ

ދިވެހީންގެ ރާއްޖެއަކީ ރައީސް އަބްދުﷲ ޔާމީން ލީޑުކުރައްވާނެ ރާއްޖެއެއްކަމަށާ މިހާރު އޮތީ އެފަދަ ރާއްޖެއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ނާއިފް ޝައުކަތު ވިދާޅުވެއްޖެއެވެ.

Advertisement

ނާއިފް މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނާއިފް ވިދާޅުވީ ރައްޔިތުން މި ރާއްޖެ ގެނައުމަށް ނުހަނު ބޮޑު ގުރުބާނީއެއްވި ކަމަށާ އެންމެ ބޮޑު ގުރުބާނީ އެއްވެވަޑައިގެންނެވީ ރައީސް ޔާމީން ކަމަށެވެ. އެގޮތުން އޭރު އޮތް ޖަޒީރާ ރާއްޖެއިން ނުކުމެ ދިވެހިން ދިވެހީންގެ ރާއްޖެއަށް ދަތުރު ފެށީ ގިނަ ކަންކަން އިސްލާހުކުރުމުގެ ނިޔަތުގައި ނަމަވެސް އެކަންކަން އިސްލާހުނުވެ އޮތް ގޮތަށް އޮތުމަކީ ރައްޔިތުން މާޔޫސްވާން ޖެހުނު އެންމެ ބޮޑު ސަބަބު ކަމަށެވެ.

ނާއިފް ވިދާޅުވީ ދިވެހީންގެ ރާއްޖެއަކީ އެހެންކަމުން ރައީސް ޔާމީން ލީޑުކުރައްވައިގެން ކުރިއަށް ދެވޭނެ ރާއްޖެއެއްކަން ހާމަވެ ހިނގައްޖެކަމަށެވެ.

އަޅުގަޑުމެންނަށް އަރާމު ނިންޖެއް ނިދައެއް ނުލެވޭ. ގައުމުގެ ހާލަތް މިތާނގާ ފެންނަން އޮތުމުން އަޅުގަޑުމެންނަށް ނިދައެއް ނުލެވޭ. ލޭޑީސް އެންޑް ޑެންޓަލް މޭން އޭ ބުނީމަ އަޅުގަޑުމެން ލަދު ގަނޭ އިނގޭތޯ. މިގައުމު ތަމްސީލުކުރަން ބޮޑެތި މުއައްްސަސާތަކުގައި ތިބި މިނިސްޓަރުންނަށް ރައްޔިތުންގެ ކުރިމަތީގައި ވާހަކަ ދައްކާނުލެވުނީމަ އަޅުގަޑުމެން ލަގު ގަނޭ. މިއެއް ނޫން އަޅުގަޑުމެން ބޭނުންވި ދިވެހިރާއްޖެއަކީ. ދިވެހީންގެ ދިވެހިރާއްޖެއަކީ ރައީސް ޔާމީން ލީޑުކުރައްވާނެ ދިވެހިރާއްޖެއެއް.

ނާއިފް ޝައުކަތު

ނާއިފް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ގައުމީ ފިކުރު އުވިގެން ނުދާނެ ކަމަށާ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުވެސް ބަޔަކު ކިތަންމެ މަސައްކަތްކުރި ނަމަވެސް ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved