February 28, 2026
Advertisement
ދަރުބާރު ގޭގައި އޮތް ރަސްމިއްޔާތުގައި ރައީސް މުއިއްޒު މަޝްރޫއު އަލުން ލޯންކުރައްވަނީ.
ދަރުބާރު ގޭގައި އޮތް ރަސްމިއްޔާތުގައި ރައީސް މުއިއްޒު މަޝްރޫއު އަލުން ލޯންކުރައްވަނީ.

"ރަސްމާލެ"ގެ މައްސަލައެއް އޭސީސީއިން ބަލަން ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 29, 2024, 08:43 PM
މާލެ ސިޓީ

"ރަސްމާލެ" މަޝްރޫއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

Advertisement

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ކަމަށް ބުނެ މި ސަރުކާރުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕްލޭންކޮށްފައި އޮތް 'ފުށިދިއްގަރު ފަޅޫ"ގެ މަޝްރުއޫއަށް ބަދަލުގެނެސް ބަޖެޓަކާ ނުލާ ފެށީ "ރަސްމާލެ" ގެ މަޝްރޫއާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއިން ބަލަމުންދާ ކަން އެ ކޮމިޝަންއިން ވަނީ މީޑީޔާތަކަށް ކަށަވަރުކޮށްދީފައެވެ.

އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އޮތީ ޕްރިލިމިނަރީ މަރުހަލާގައި ކަމަށާ ހިނގަމުންދާ ތަހުގީގަކަށް ވާތީ މިކަމާ ގުޅޭ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ވެސް އޭސީސީއިން ވަނީ ހާމަކޮށްފައެވެ.

ރަސްމާލެ ޕްރޮޖެކްޓުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ގިނަ މައްސަލަތަކެއް ހުރި އިރު، އެ މައްސަލަ އޭސީސީން ނުބަލާތީ ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ. ނަމަވެސް މި ކުންފުންޏަކީ ހަަމ އެކަނި ކަުދާހުން ފެންނަން އޮތް ކުންފުންޏެއް ކަމަށް މީގެ ކުރިން ހާމަވެފައިވެއެވެ.

ރަސްމާލެ ހިއްކާ މަތިން އެ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ސަރުކާރުން ދެއެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރުގެ ބިމެވެ.

ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved