theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނަސޯރާ ދީން ފަތުރަން އުޅުނު ދެ ފަތުރުވެރިން / އެމްވީކްރައިސިސް
ހަބަރު
ބައިބަލްގެ ދިވެހި ކޮޕީ ބަހަން އުޅުނު 2 ފަތުރުވެރިންގެ ބަންދައް 10 ދުވަސް
Mariyam Sanaan
މަރިޔަމް ސަނާން
29 މާރިޗު 2024
ހުޅުމާލެ ފޭސް 2

ރާއްޖޭގައި ހުޅުމާލެ ފޭސް 2 ގައި ނަޞާރާ ދީން ފަތުރަން އުޅުނު 2 ޖަރުމަންވިލާތަށް ނިސްބަތްވާ ދެ އަންހެނުން ފުލުހުން ހައްޔަރު ކޮށް އިއްޔެ 10 ދުވަސް ބަންދައް ޖަހައިފިއެވެ.

ހުޅުމާލޭ ފޭސް 2, ހިޔާ ފުލެޓް ސަރަހަދުގައި ދެ ބިދޭސީއަކު މެއިލްބޮކްސްތަކަށް ބައިބަލް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ވެބްސައިޓް ލިންކް ހިމެނޭ ބިޒްނަސް ކާޑު ތަކެށް އަޅަމުން ދާތަނުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ، އެ މީހުން ހައްޔަރުކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން އަންގައިދެގޮތުން އެ 2 ފަތުރުވެރިން އައިސްފައިވަނީ ޓޫރިސްޓު ވިސާގައެވެ.

ބައިބަލް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ވެބްސައިޓް ލިންކް ހިމެނޭ ބިޒްނަސް ކާޑު
ބައިބަލް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ވެބްސައިޓް ލިންކް ހިމެނޭ ބިޒްނަސް ކާޑު
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved