

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއަކަށް ބަޔަކު ބިސް ޖަހައިފި އެވެ.
ރައީސް މުއިއްޒު ރޭ ބައިވެރިވެވަޑައިގެންފައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ މުހައްމަދު ޝާހިދުގެ ކެމްޕޭން ޖަލްސާ ގައެވެ.
އެ ކަމެއް ހިނގާފައިވަނީ ސްޓެލްކޯ ހެޑް އޮފީސް ކުރިމައްޗަށް އޮންނަ ކަށިމާ ހިންގުމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަދި ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯ އިން ފެންނަގޮތުން ކެމްޕޭން ޖަލްސާ ހިނގަމުން ދަނިކޮށް ބިސް ޖެހީ އެ ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދުގައި ހުރި ގެއެއްގެ 3 ވަނަ ފަންގިފިލާއިންނެވެ.
ވެރިކަމަށް ވަޑައިގަންނަމުން ރައްޔިތުންނަށް ވީ ގިނަ ވައުދުތައް ނުފުއްދާ އިތުރުފުޅުހައްދަވަމުން ގެންދަވާތީ ގިނަ ބަޔެއްގެ ނުރުރުހުން އަދުގެ ރައީސް އަށް އަންނަނީ އަމާޒުވަމުންނެވެ.