

ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އައި އެކްސް ހޭންޑަލް ސަސްޕެންޑްކޮށްފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ހަސަން ކުރުސީގެ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ ސަރުކާރުންނެވެ.
އެ އެކައުންޓުން އަންނަނީ ސަރުކާރުން ކުރަމުން އަންނަ ބޮޑެތި ޖަރީމާތައް ފަޅައަރުވަމުންނެވެ.
އާންމުންނާ ހަމަޔަށް އެ އެކައުންޓުން ސަރުކާރުގެ އެތައް ވާހަކައެއް ހާމަކުރަމުންގެންދާތީ ސަރުކާރުން ވަނީ އެކަމާ ހިތްހަމަނުޖެހިގެން އެ އެކައުންޓް ސަސްޕެންޑްކޮށްފައިކަމަށް ބެލެވެއެވެ.
އެގޮތުން ދާދި ފަހުން ހަސަން ކުރުސީ ވަނީ އެމްއެމްޕީއާރްސީ ގެ ޑީއެމްޑީ ބައްސާމް އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ޕޯސްޓްތަކެއް ކޮށްފައެެވެ.
އޭގެއިތުރުން ކުރީ ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ގެ މަގާމްގައި ހުރި އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައި ވާއިރު މިފަހަރު މަޖިލިސް އިންތިޚާބްގައި އޭނާއަށް ވާދަކުރެވޭގޮތް ސަރުކާރުން ހެދުމުން އެވާހަކަވެސް ހަސަން ކުރުސީ ވަނީ އެތައް ފަހަރެއްގެ މަތިން ދައްކާފައެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް ހޭންޑަލް ހޯދުމަށްޓަކައި ކުރީ ސަރުކާރުން ވެސް ވަނީ ވަރަށް މަސައްކަތްކޮށްފައެވެ.