March 21, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

ޕީއެންއެފް އުފައްދާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަން ހުއްދައަށް އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 6, 2024, 09:28 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަން ހުއްދައަށް އެދިވަޑައިގެންފިއެވެ.

Advertisement

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ މަތީގައި ހުންނެވި ކަމަށް އިއްޔެ ވިދާޅުވި ވާހަކަ ފާހަގަކުރައްވާފައެވެ. އަދި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވުމުގެ ހުއްދައަށް ގާނޫނީ ޓީމުން އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ސަރުކާރުގެ ބަހާ އަމަލާ ދިމާވޭތޯ ބަލާނީ ރައްޔިތުންކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމަނިކުފާނު އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ރައީސް ޔާމީން ކުރި ނުހައްގު ހުކުމްގެ އިސްތިއުނާފް ހުށަހަޅާ ނުނިންމާ ދަނީ ލަސްކުރަމުންނެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ އެތައް ހައްގުތަކެއް ގެއްލިގެން ދާތީ ގާނޫނީ ޓީމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved