

ޕީޕީއެމް/ޕީއެންސީއިން ވަކިވެގެން ގޮސްފައި ތިބި ބަޔަކަށް އެ ދެޕާޓީގެ ކަންކަން ނޭނގޭނެކަމަށް ބުނެ އެ ދެޕާޓީގެ އިސް ތަރުޖަމާނާ އަދި ވެރިން ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ބަހުގެ ހަމަލާތަކުގެ ރައްދު ރައީސް ޔާމީން ދެއްވައިފިއެވެ.
ދަ ފްރޮންޓު އޮފީހުގައި ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ޕިއެންސީ ތެރޭގައި އެމަނިކުފާނު މިހާރު ނެތް ނަމަވެސް އެމަނިކުފާނާ އެތާ ތިއްބެވި ވެރިން ކޮށްފައި ނުކުރާނެ ކަންކަން ނިކަން ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ހައްގުގައި މުޒާހަރާކުރި ކަމަށް ވެރިން ވިދާޅުވާއިރު ގިނައީ އެ މުޒާހަރާތަކުގައި ބައިވެރިނުވާ ވެރިން ކަަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގައި ނޫޅޭ ބަޔަކަށް ކަންކަން ނޭނގޭނެއޭ ވިދާޅުނުވޭ. އަޅުގަޑަށް ތިތާ ތިއްބެވި ބޭފުޅުން ކޮށްފައި ނުކުރާނެ ކަންކަން ވަރަށް ރަގަޅަށް އެނގޭ. އަޅުގަޑު ދައްކާ ވާހަކަތަަކަށް ފެކްޓުން ޖަވާބު ދެއްވާ.
ރައީސް ޔާމީން ވަނީ އެ ދެ ޕާޓީގެ އަސާސީ ަގވާއިދާ ހިލާފަށް މަޖިލިސް އިންތިހާބުގެ ޓިކެޓުވެސް ބައެއް ކެންޑިޑޭޓުންނަށް ދީފައިވާކަން ފާހަގަކުރައްވާ އެއީ އެ ދެޕާޓީގެ ހަޔާތުގައި ލަދުވެތިކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.