ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާރޭ އޮންނާނެކަމަށް އިއުލާންކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލުއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕިއެންއެފް އުފެއްދެވުމަށް ބާއްވަން ޖެހޭ ޖަލްސާ 9 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ ރޭ 9:15ގައި ޣިޔާސުއްދީން ހޯލުގައި އޮންނާން ކަމަށެވެ. އަދި އެޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް މަލީހުވަނީ ހާމަކުރައްވާފައެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދިނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސް ޔާމީން އަދިވެސް ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމުން، އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.