March 21, 2026
Advertisement
މއ.ރަބީއުވިލާ އަނދަމުންދާ މަންޒަރެއް
މއ.ރަބީއުވިލާ އަނދަމުންދާ މަންޒަރެއް / އެމްއެންޑީއެފް

ރަބީއު ވިލާ ހާދިސާ: މުއިއްޒު ކުޅުނީ ޑްރާމާ، ހެކި މިއޮތީ

Aishath Naja
އައިޝަތު ނަޖާ
Apr 11, 2024, 09:51 PM
މާލެ ސިޓީ

އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ރޭ ގަޑިން 20:19 ހާއިރު މއ.ރަބީއު ވިލާގައި އަލިފާނުގެ ހާދިސާ އެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުމާއެކު އަލިފާން ނިވުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.

Advertisement

އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުންކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ގޭގެ ހާލަތު ވަރަށް ގޯސް ކަމަށް ގޭގެ ވެރިން ވަނީ އެތައް ފަހަރެއްގެ މަތިން އެކި އެކި އިދާރާތަކަށް އަންގާފައެވެ. ނަމަވެސް އަޅާލާފައިނުވެއެވެ.

މިކަމުގެ ހަގީގަތް ޗެނަލް 13 އަށް އެ ގޭގެ އެއް ވެރިޔާ ސަދާ ވަނީ ކިޔައިދީފައެވެ.

ގޭގެ ހާލަތު ގޯސްވީ ކޮންއިރަކު؟

"2015 ވަނަ އަހަރުން ފެށިގެން ގޭގަ ދިރިއުޅުނު މީހުންތައް ގެއިން ނިކުންނަން ފެށީ، ގެޔަކީ ވަރަށް ދުވަސްވެފައި ހުރި ގެޔެއް. ބައްޕަ ވަރަށް ބުރަ މަސައްކަތުން މޫދުން ވެލި ނަގައިގެން އަޅާފަ ހުރި ގެޔެއް އެޔަކީ. ގެ އިންނާނީ ދެ ފަޅި އަކަށް. އެއް ފަޅި ބައްޕަ ހަދާފައި އެހުރީ 1980 ގެ އަހަރެއްގައި އަނެއްފަޅި، އެއީ އަލިފާން ރޯވި ފަޅި، އެ ފަޅި ހަދާފައި އެހުރީ 1990 ގެ އަހަރެއްގައި. އަކިރިންނާ ވެލިން ހަދާފަހުރި ގެޔެއް ދެން އެހާ ދުވަސްވީމާ ހަލާކުވާން ފެށީ"

ސަދާ ކިޔައިދިނީ ރަބީއުވިލާގެ ހާލަތު ގޯސްވާން ފެށީ 2015 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި އޭނާގެ ބައްޕަ އާއި މަންމަ ނިޔާވުމާއި ގުޅިގެން ހުރިހާ ދަރިން މަޑު މަޑުން އެކި ތަންތަނަށް ދިރިއުޅުން ބަދަލު ކުރީއެވެ. ނަމަވެސް ރަބީއުވިލާގެ ހާލަތު ވަރަށް ގާތުން އަބަދުވެސް ހުރިހާ ކުދިން ބަލަމުން އައި ކަމަށް ސަދާ ބުންޏެވެ.

ެރަބީއު ވިލާގައި އެއްވެސް މީހަކު ނުއުޅޭތާ ވީ ކިތައް އަހަރު؟

"އެގޭގައި އެއްވެސް މީހަކު މިހާރު ނުއުޅޭތާ ވެދާނެ 3-2 އަހަރު. ދެން ގެ އެއްކޮށް ހަލާކު ވީމާ ކިހިނަކުން އުޅޭނީ. އެތާ އުޅޭއިރު ހީވާނީ ގެ ދެންމެ ދެންމެހެން ބޮލައް ވެއްޓިދާނޭ، އެހާ ކަރަންޓުގެ މައްސަލައާއި ފެނުގެ މައްސަލަ ޖެހޭ. އުޅެވޭ ވަރު ނުވެފައި ހުރީ. އަޅުގަނޑުމެން ވެސް އެގެއިން ނިކުމެގެން މިއުޚެނީ މިހާރު ކުއްޔަށް މާލޭގައި. ދެން ތިބޭ ހުރިހާ ކުދިން އުޅެނީ ހުޅުމާލޭގަޔާ އެކި އެކި ތަންތަނުގައި"

އެގޭގައި އެއްވެސް މީހަކު ނުއުޅޭތާ 3-2 އަހަރުވެއްޖެ ކަމަށް ސަދާ މައުލޫމާތުދިނެވެ.

ޝަކުވާ ހިފައިގެން ދިޔައީމާ ދިނީ ބީރުކަންފަތް!

މާލޭ ސިޓީ ކައުންސިލަށް އެތައް ފަހަރެއްގެ މަތިން މައްސަލަ ހިފައިގެން ދެވުނު ކަމަށާއި ކަންތައް ކުރީ ވަރަށް ވެސް ގޯސްކޮށް ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އެ ގޭގައި ދިރި ނުއުޅުނަސް އެ ގެ ހުންނަ މަގަކީ އެތައް ބަޔަކު ހިނގާ މަގަކަށް ވާއިރު، ގެއިން ބައެއް ވެއްޓި މީހަކަށް އަނިޔާ ވެދާނެތީ އެ ގެ ތަޅާދިނުމަށް އެތައް ފަހަރެއްގެ މަތިން ބުނެވުނު ކަމަށްވެސް ގޭގެ ވެރިޔާ ބުންޏެވެ.

"އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވީ މިހާރުގެ ރައީސް. ރައީސް މުއިއްޒު. އަޅުގަނޑާ ދައްތަ އާއި ދެމީހުން ބައްދަލުވެސް ކުރިން މުއިއްޒުއާ. ގޭގެ ހުރިހާ ވާހަކައެއް ވެސް ކިޔައިދިނިން. އެކަމަކުވެސް އެއްވެސް ކަހަލަ އެދެވޭ ޖަވާބެއް ނުދިން. އަޅާވެސް ނުލި. ދެން ހައުސިންގ މިނިސްޓްރީންނާ ސިޓީ ކައުންސިލްގެ އިދާރާތަކަށް ދުވެ ދުވެ ވަރުބަލިވެފަ އަޅުގަނޑުމެން ހުރީ. ސިޓީ ކައުންސިލުން ބުނީ ކަރަންޓާ ފެނާ ބިލު ދައްކާށޭ. ކީކޭތޯ ދެން އަޅުގަނޑު ބުނާނީ. އެތަނުގެ ކަރަންޓާ ފެނަ ކަނޑާލާފައި ހުންނައިރުވެސް އެމީހުން އެތަނުން ކަރަންޓާ ފެނާ ނަގާތީތާ ބިލަށް އަރާނީ"

ސަދާ ކިޔައިދިނީ ރައީސް މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނަވާ ވީ އިހުމާލުގެ ވާހަކައެވެ. އެގޭގައި އެއްވެސް މީހަކު ނޫއުޅޭކަމަށް ބުނާއިރުވެސް އެ ސަރަހައްދު މީހުންނަށް އެގެޔަށް މީހުން ވަންނަ މަންޒަރު ފެނެއެވެ.

ރަބީއު ވިލާއަށް ވަދެ އުޅުނީ ކޮންބައެއް؟

"އެތަނަށް ފަހުން ވަންނަން ފެށީ މަސްތުވާތަކެތި ބޭނުންކުރާ ޕާޓޭއިން. އެމީހުން އެ ގޭގެ ދޮރު ޗެއިނު އަޅާ ބަންދުކޮށްފައި ހުއްޓާ ހަލާކުކޮށްލައިގެން ވަދެ އެތާ ސަކަރާތް ޖަހަނީ. ނުކުރާކަށް ކަމެއް އެތާ ނެތީ. މަސްތުވާތަކެތި ބޭނުންކުރުމާ، އެތަނުގައި އެ ރައްކާކޮށްގެން ގެންގުޅުމާ، އެ ވިއްކުމާ. މިހެން ގޮސް ބައިވަރު. އަދި ނުވީތާކަށް ވައްކަން ކޮށްގެން ގެންނަ އެއްޗެހިވެސް އެތާ ހުންނަނީ ބަހައްޓާފަ."

ރަބީއުވިލާއަށް ވަދެގެން އެތާ ފަހުން އުޅުނީ އެގޭގެ އެއްވެސް މީހެއް ނޫންކަމަށާއި އެއީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައި ތިބޭ ބައެއް ކަމަށް ސަދާ ކިޔައިދިނެވެ.

ރިޕޯޓް ކުރީމާ ފުލުހުން އަޅާވެސް ނުލި

"ބޭބެ އުޅޭނީ ލަންކާގައި، ދެން އަބަދުވެސް މިކޮޅަށް އައިސްފަ ބަލާނެ ރަބީއު ވިލާގެ ހާލަތު. އެގެޔަށް ދާންވެސް ދާނެ. ދެން ރޯދައިގެ ކުރިން އެގެޔަށް ދިޔަތަނާ މި ފެނުނީ އެތށާ އެތެރޭ މަސްތުވާތަކެތި ބޭނުން ކުރަން ތިއްބާ. ބޭބެ ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރި. ފުލުހުން އަޅާވެސް ނުލި. ބޭބެ ރިޕޯޓް ކުރީމަ އެމީހުން ބޭބެގައިގަ ތަޅާ ލާނަމޭ ބުނީމާ ދެން އަހަރެމެން ބުނީ ބަހައްޓަން"

ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީމާ ފުލުހުން އަޅާވެސް ނުލި ވާހަކަ ސަދާ ކިޔައިދިނީ ވަރަށްވެސް ހިތާމައާއެކުގައެވެ.

ރޯވީ ކިހިނެއް؟

"ހަމަގައިމުވެސް އެ ގެޔަކު ކަރަންޓެއްވެސް ފެނެއްވެސް ނުހުންނާނެ. ދެން ރޯވާންވީ ސަބަބެއް ނޭނގުނު. ބޮޑަށް ބެލެވެނީ އެތަނުގައި އެ އުޅުނު ޕާޓޭން ކޮންމެ ވެސް ކަމެއް ކުރަނިކޮށް ރޯވީ ކަމަށް"

ސަދާ ބުނިގޮތުގައި ރޯވީ އެތަނުގައި އުޅޭ ބައެއް ކަމެއް ކުރުމުގެ ތެރެއިންނެވެ.

ރޯވެ، ނިމުނީމާ ވެރިޔާ ވަޑައިގަތީ ކުޅި ސަމާ ބަލާށެވެ. ގައިމު އޭރުވެސް އެކަމަށް ހައްލެއް ގެނައި ނަމަ މިއަދު އެގެޔަށް އެހެން ނުވީސްއެވެ. ބައެއްގެ ހަނދާންތަކެވެ. މީހެއްގެ މިންނެތް ބުރަ މަސައްކަތެވެ. ވީރާނާވެ އެދިޔައީ ބަޔަކު އަޅާ ކަހާވެސް ނުލީމައެވެ.

ކޮމެންޓު
ކޮމެންޓްތައު
ސާދާ
Apr 13, 2024, 08:23 PM
https://x.com/sarudhaar/status/1101409138330857472?s=46&t=Jgjb98dCY3RHGmsRrrhxIA
Male city council
Apr 12, 2024, 04:16 PM
Keevethoa city council in ge thalhaaladheyn jehenee
Bollolo
Apr 12, 2024, 12:38 PM
Aharumenge goathi ves hadhaadheyshey mihaaru Muizzu kaari kiyaa kiyaa balivejje. buni javaabeh nudheynamoa 😂😂😂 . A 😀
ހަސަނު
Apr 12, 2024, 03:39 AM
ސާދާ ހެދީ ދޮގު، އެގޭގަ މަސްތުވާ ތަކެތި ބޭނުންކުރަނީ ސާދާ ގެ ދެކޮށްކޮ އީސަ ޔާ ދޮންކޮ ގުރޫޕް ހަދައިގެން
ނުދަންނަ ސޮރު
Apr 12, 2024, 03:15 AM
އަހަރެން މިއޮއް ނުދަންނަ މީހާ އަށްވެސް އެނގިއްޖެ ތި ހާދިސާގައި ރައީސް ގެ އިހުމާލު އޮތްވަރު
Ahmed
Apr 12, 2024, 03:01 AM
I believe it is the responsibility of the relevant authorities to address the dilapidated house. It is concerning that the neighbors are living in fear of the building collapsing on them. At this point, it is crucial to prioritize public safety and take prompt action to demolish the structure, regardless of who undertakes the task.
ތަކުރުފާނު
Apr 12, 2024, 02:28 AM
ވަރަށް ޢިބުރަތް ތެރި ބަސް ކޮޅަށް ޝުކުރުވެރިވުމުގެ ގޮތުން comment kollee
Mustho
Apr 12, 2024, 02:23 AM
Mi repot mee hageegee repot eh baa engey erin bidheyseen nah Ethan kuyyah dhookurivaahakayaa A/C. Masahkatha Dhon machine maraamaathu kurumah gudhan thah bidheyseen ethaa Hungaanu dhaa vaahaka eygaineh gey erin es hadhaafahuree dhogu ehisaabugandu dhiriulheymeehungr vaahaka Kobaa Liyunu Meege belun kuda ehfaraathah jehihure liyun rangalheh nuvaane hageegai thiothee olhuvaalaafa
Meehaa
Apr 12, 2024, 01:51 AM
Konme ge eh baave halaaku Verma sarukaarun ge dhalhaa ge alhaadhey gothah overbaa
Mohamed
Apr 12, 2024, 12:29 AM
Sadhaa އަށް ސުވާލެއް އަޅުގަނޑުގެ އަމިއްލަ ސައިކު nudhuhveyhaa ބާ ވީމަ transport ministry އަށް ތޯ އަންގަން ޖެހޭނީ ނޫނީ އަމިއްލައަށް cyk އެއް ހޯދަން ތޯ ޖެހޭނީ. އަޅުގަނޑަށް cyk އެއް ނުގަނެވޭ ނަމަ ސަރުކާރުން އަޅުގަނޑަށް cyk އެއް ހަދައިދޭ ޖެހޭނެ ތޯއެވެ
Female
Apr 11, 2024, 11:54 PM
Malecity council in geyge thalhaa dheythi adhi mi engunee. Magey House ge kankamah zinmma vaanee ma
މުޙައްމާ
Apr 11, 2024, 10:54 PM
ގޭގެ ވެރިންގެ ޒިންމާ ކޮބާ ގެއަކީ ރަޢީސް މުއިއްޒު ގެ ގެއެއްހެން ހީވަނީ ސަރުކާރު ތޯ ތަޅާލަން ޖެހޭނީ؟؟
Omg
Apr 11, 2024, 10:51 PM
ތިއީ ހާދަ އަނިޔާވެރި ސަރުކާރަކުން ދޫކުރި ގޯއްޗެކޭދޯ
ޗެނަލް 13
Apr 11, 2024, 10:47 PM
މަހައިރާންވެއްޖެ ގެދޫކޮށް ނިކުމެގެން ދިޔައިރު ނޭގޭބާ އެތާގަ ހަނދާންތަކެެއް ވާކަން ބާވެ ހަލާކުވާ ކޮންމެ ތަނެއް ސަރުކާރުން ތާޅާބިން ސާފުކުރާ ގޮތައް ގަވާއިދު އިސްލާހް ކުރަން ފެނޭ ހަމަ މީހަކު އެއްޗެއް ބުނާއިރަށް ލިޔެވޭތޯ ބަލާ ގޭގެ ވެރިން ނަށް އެކަން ނުވީ އެއީވެސް އެހެން މީހުން ނަގަން ޖެހޭ ޒިއްމާއެއްބާ
Mohamed
Apr 11, 2024, 10:41 PM
މީހެއްގެ އަމިއްލަގެއެއް ސަރުކާރު ހަރަދުގަ ތަޅަންޖެހޭތަ
އަލީ
Apr 11, 2024, 10:24 PM
ބަލަ ބޭނުން ވަރަކައް ކުއްޔައްދީފައި ލާރިތައް ކާގެން ގެބާވީމަ ކައުންސިލައް މިދަނީގެ ތަޅައި ސާފުކުރަން ރައްޔިތުންގެ ލާރިން..ހަމަ ސާފުކުރީ އިމާރަތް ކުރަން ފަށީ ވެރިންވެސް ތިބޭނެ މާލޭގެ ފަސްކުޅަދު މަދު މީހުން ހީކިރަނީ ދެންތިބި އެންމެންވެސް ކުލަދު މަދުވާނެކަމައް..
ހަސަދަ
Apr 11, 2024, 10:16 PM
ދެން އޭރު އެގެ ތަޅާލިނަމަ އެ ހަނދާން ތަކެއް ނުދާނެތަ...އެމީހުންގެގެވެސް ތަޅަން ޖެހެނީ ކައުންސިލުންތަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved