ތިމަރަފުށީގައި ސަރުކާރާ ދެކޮޅަށް، ސަރުކާރު ކެންޑިޑޭޓު ނުކުމެ އިހުތިޖާޖުކުރަމުން ދާ މަންޒަރުތަކެއް ދައުރުވާން ފަށައިފިއެވެ.
ތިމަރަފުށީ ދާއިރާއަށް ވާދަކުރުމުގެ ލިޔުން ސަރުކާރު ތަމްސީލުކުރާ ކޯލީޝަނުން ދީފައިވަނި ތިމަރަފުށީ ނިޝާން އިބްރާހިމު ސަނާހު (ސަންޓޯ)އަށެވެ. ނަމަވެސް އެއަށް ފަހު ސަރުކާރުގެ އިސް ބޭފުޅުން ވަނީ ސަންޓޯއަކީ ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓު ނޫންކަން ދޭހަވާ މޭރުމުން ވާހަކަ ދައްކާ އަދި އެހެން ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައިވެސް ބައިވެރިވެފައެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ރައްޔިތުން ލޮލުގައި އަނދުން އަޅުވައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެދުމަކީ ޓިކެޓުއޮތް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދީ މަޖިލިހަށް ހޮވައިދިނުން ކަމަށެވެ.
ނަމަވެސް މިއަދު ސަރުކާރުން ޚަރަދުކޮށްގެން ސަރުކާރުގެ ޕާޓީ ޕީއެންސީއިން ވަނީ އެ ޕާޓީގެ ޖަގަހައެއް އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށް ހުޅުވާދީފައެވެ.
އެރަށުން މައުލޫމާތުދިން މީހަކު ބުނެފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވެސް ވަނީ އެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިވެސް ކޮށްދީފައެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ބައެއް އެހެން ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.
އެއާއެކު ރަށު ތެރޭގައި މަސްރަހު ހޫނުވެ ވަނީ އިހުތިޖާޖުކޮށްފައެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި ސަރުކާރު ޕާޓީގެ ޓިކެޓު އޮތް ކެންޑިޑޭޓު، ސަންޓޯ ދިޔައީ އިހުތިޖާޖު ލީޑުކުރަމުންނެވެ. އަޑު ގަދަ ކުރާއިން ސަންޓޯ ދިޔައީ ޖަލުގައި އެރަށު ރައްޔިތުންގެ ލޭ ބަންދުކޮށް ވާނުވާ ބަންދުގައި ބައިތިއްބާފައިވާއިރު ސަރުކާރުން އެކަމަށް ކުރީ ކޮންކަމެއްތޯ އަހާ އަޑު އުފުލާފައެވެ.
‼️Update
— Hassan Kurusee (@HKurusee) April 11, 2024
Things are escalating in Thimarafushi. This protest is led by official PNC candidate for Thimarafushi Mr. @Santo3959
I humbly request @Shiyamaldives to respect democracy.
PNC already has a candidate so why open a new PPM/PNC Jagaha for a non-PNC member — Riyaz? https://t.co/amhk9N9F4X pic.twitter.com/GhqZL7MFcw
ރައްޔިތުން ވަނީ ދައުލަތުގެ ވެރިން ފަހަތުން އަހުމަދު ރިޔާޒަށް ތާއީދު ނެތް ކަމަށާ ސަރުކާރުން ދައްކަމުން ދަނީ ހުދުމުހުތާރު ވެރިކަމެއްގެ މިސާލު ކަމަށް ބުނެ ހިނގާފައެވެ. މީގެ އިތުރުން ރައްޔިތުންވަނީ ސަރުކާރުން ދަނީ ހަޑި ހާވަމުން ކަމަށާ ރައްޔިތުންގެ ތާއީދު އޮތީ ސަންޓޯއަށް ކަމަށް ވެސް ބުނެފައެވެ.
‼️Update — 5.09 pm
— Hassan Kurusee (@HKurusee) April 11, 2024
What’s happening in Thimarafushi is truly phenomenal and this is probably the 1st time in Maldivian history a ruling party’s supporters are going against their own government ministers to show support for the real elected candidate which is Mr. @Santo3959! https://t.co/hlPJK6TC9p pic.twitter.com/gS7CmZezB5
ސަނާހު އާއެކު ރަށުގެ ގިނަ ރައްޔިތުންވަނީ އިހުތިޖާޖަށް ނުކުމެފައެވެ.
ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރު ކެންޑިޑޭޓަކު ހުއްޓަ އެހެން ކެންޑިޑޭޓަކަށް ތާއީދުނުކުރާނެއެވެ. ނަމަވެސް ސަރުކާރު ކެންޑިޑޭޓުންނަކީ ކޮބައިކަން ސްޕޯކްސް ޕާސަން ހީނާއަށް ވަނީ ބުނެނުދެވިފައިކަން ފާހަގަކޮށްލެވެއެވެ.
މިއަދު ތިމަރަފުށީގައި ހިނގި ހާދިސާއާ ގުޅިގެން ޕީއެންސީގެ އިސް ތަރުޖަމާނު ހީނާއާ އަދި ޕީޕީއެމްގެ ރެޖިސްޓްރާ އަހުމަދު ހަމްދާނާ އާ ވެސް ސުވާލުކުރުމުން ޖަވާބެއް ދީފައިނުވެއެވެ.