March 28, 2026
Advertisement
ރައީސް ޔާމީންއާ އަބްދުއްރަހީމު ޕީޕީއެމް ޕްރެސް އެއްގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީންއާ އަބްދުއްރަހީމު ޕީޕީއެމް ޕްރެސް އެއްގައި ވާހަކަ ދައްކަވަނީ

ޕީއެންސީގެ ދިފާއީ އައްޑަނައަކަށް ރައީސް ޔާމީން ބޭނުން ކުރުމުގައި އަވަދިނެތި!

Aishath Naja
އައިޝަތު ނަޖާ
Apr 12, 2024, 08:28 PM
މާލެ ސިޓީ

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅުމަށްފަހު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ދިފާއީ އައްޑަނައެއްގެ ގޮތުގައި ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުން ކުރައްވައިފިއެވެ.

Advertisement

ޕީއެންސީގެ ކެމްޕޭން ތަރުޖަމާނު، ހީނާ ވަލީދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ހަރަކާތަތްތަކަށް ހުރަސްއަޅައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް އަރައިގަތީ މިދިޔަ ސަރުކާރުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލި އިރުގައި ކަމަށެވެ.

އަޅުގަނޑުމެން ހަމަ މި ވޭތުވެދިޔަ ފަސްއަހަރު، ކޮންމެ ރެޔަކު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެއްވެސް ގޮތަކަށް އެބޭފުޅުން އިދިކޮޅުގެ ހަރަކާތްތައް ކުރުމަށް ފުރުސަތު ނުދިންތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ޕާޓީ އޮފީސް ދޮރުމަތީގައި ބެރިކޭޑުޖަހައި އަދި ހަމަ އެހެންމެ، ޕާޓީ އޮފީސް ދޮރުމަތި ބަންދުކޮށް ފުލުހުން އެތަންތަނަށް ހުރަސްއަޅައި އިދާރީ މުވައްޒަފުންނަށް ވެސް އެންމެ ކުޑަމިނުން ޕާޓީ އޮފީހަށް ވަނަނުދީ ހިފަހައްޓާފައި އެތައް ދުވަހަކު ތިބި

ހީނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބް ވެސް ކާމިޔާބު ވާނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ކަމަށް ގަބޫލު ކުރެވޭތީ ހިނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ފެށުމާއެކު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ފެށި ކަމަށާއި ބަންދު ކުރީ ދެ ހަފުތާއެއްހައި ދުވަހު ފުލުުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ކަމަށެވެ.

އަދި އެއަށްފަހު އެ ބަންދުން ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ވާހަކައަށް ވެސް ހީނާ ފާހަގަކުރެއްވިއެވެ.

އަންގާރަ ދުވަހު ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ވަނީ އެކި އެކިގޮތް ގޮތުން ހުރަސްއަޅާފައެވެ.

އެގޮތުން އެސްއޯ ފުލުހުން ފޮނުވައިގެން ޖަލްސާ ހުއްޓުވާ ޖަލްސާގެ ބައިވެރިންނަށް އަނިޔާވެސް ވަނީ ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved