March 26, 2026
Advertisement
ވައްޑެ
ވައްޑެ / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒަށް ހުވަފެނުގައި ވެސް ފެންނަނީ ރައީސް ޔާމީން: ވައްޑެ

Aishath Naja
އައިޝަތު ނަޖާ
Apr 13, 2024, 02:00 AM
މާލެ ސިޓީ

ރައީސް ޑރ.މުހައްމަދު މުއިއްޒަށް ހުވަފެނުގައި ވެސް ފެންނަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިޚާބްގައި މަޑަވެލި ދާއިރާއަށް ވާދަކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ވައްޑެ ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ތިމަރަފުށީ ދާއިރާއަށް ޕީއެންސީ އިން ވާދަކުރައްވާ އިބްރާހިމް ސަނާހް (ސަންޓޯ) އަށް ތާއިދުނުކޮށް އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ރިޔާޒަށް ތާއިދު ކުރުމުން ޔަގީން ވަނީ ރައީސް މުއިއްޒަށް ހުންނެވީ ޝައްކު ބަލި ޖެހިފައިކަމަށެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައި އެވަނީ ރައީސް މުއިއްޒު ސިޔާސީ ގޮތުން ސަންޓޯ އަށް ތާއިދު ނުކުރާކަން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމާ، ހެލްތް މިނިސްޓާރ އަބްދުﷲ ހަލީލް ލައްވާ މީޑީޔާ އަށް ތިލަކޮށްދެއްވާ ރިޔާޒް ގެ ޖަގަހަ ހުޅުވަން އެ ރަށަަށް ފޮނުވުމުންނެވެ.

އެގޮތުން ޗެނަލް 13 އަށް މައުލޫމާު ދިން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް މުއިއްޒު ސަންޓޯ އަށް ތާއިދުނުކޮށް އިތުބާރު ނުކުރަން ނިންމެވީ ސަންޓޯ ކަންކަމުގައި ރައީސް ޔާމީންގެ ލަފާ ހޯދައިތީކަމަށެވެ.

މިކަމުން ދޭހަވަނީ ރައީސް މުއިއްޒަށް ޝައްކު ބަލި ޖެހިފައިވާ މިންވަރު ކަމަށް ވިދާޅުވެ ވައްޑެ ވަނީ ފާޑު ވިދާޅުވެފައެވެ.

ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި އެތައް ފަރާތަކަށް ތާއިދުނުކޮށް ރައީސް މުއިއްޒު ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ތާއިދު ކުރަމުން އަންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved