ރައީސް އަބްދުﷲ ޔާމީންގެ މޭސްތިރިކަމުގެ ދަށުން ދަރިކަލުން ޒާން ޔާމީން އުފެއްދެއްވި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ސަރުކާރުން ހުރަސް އެޅުމުން، ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ސަރުކާރުން ހުރަސް އަޅާކަން ވަރަށް ރަގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އިފްތިތާހީ ޖަލްސާއަށް ފުލުހުން ފޮނުވާ ސަރުކާރުގެ ވެރިން ޑިމޮކްރެސީގެ ހުތުރު ނަމޫނާއެއް ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ހުރަސް އަޅުވާފައެވެ. އެތައް ރައްޔިތުންގެ އަސާސީ ހައްގަކަށް ފުލުހުން މެދުވެރިކޮށް ހުރަސް އެޅުވުމާ ގުޅިގެން ޗެނަލް13އަށް ދިން ބަސްދީ ގަތުމެއްގަިއ ޑރ. ޖަމީލު ވިދާޅުވީ، އަދުރޭ މެން މިއޮތް ހުރިހާ ދުވަހު ފިއްތައިގެން ތިބި ތިބުން ފަޅާއިގެން ގޮސް ރައްޔިތުންނަށް ހަގީގަތް ހާމަވެއްޖެ ކަމަށެވެ.
އެގޮތުން ރައީސް ޔާމީނަށް ހެޔޮ އެދޭ ބަޔަކު ތިމަންނާމެން ނޫނީ ނެތޭ ބުނެ މެޑަލް ޖެހި މީހުންވަނީ ރައީސް ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަުރި ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާއަށް ހުރަސް އަޅާފައިކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.
މި މީހުން ފޮރުވައިގެން ތިބި ތިބުން މިއަދު ފަޅައިގެން މި ދިޔައީ. ބައްލަވާ މިއޮއް ހުރިހާ ދުވަހު ކީ ކީކޭތޯ؟ ތިމަންނާމެން މި ތިބީ ރައީސް ޔާމީނަށް ހެޔޮ އެިދގެންނޭ، ރައީސް ޔާމީނާ އެކީގައޭ، އެއްވެސް ހުރަހެއް ނެތޭ. ނުފޫޒެއް ނެތޭ. މިއަދު ސާބިތުވެއްޖެ ސަރުކާރުންކަން ރައީސް ޔާމީޏްގެ ޝަރީއަތަށް ހުރަސްއ ަޅާނީ، ރައީށް ޔާމީޏް ހައްޔަރުކޮށްގެން އުޅެނީ ވެސް.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ރޭވުމަކީ ޑޭ ވަން އިން ފެށިގެންވެސް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ވެރިކަން ދަމައިގަތުންކަމަށާ އެކަން ރޭވީ އަދުރޭގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށެވެ. އަދި މިހާރު ރައްޔިތުންނަށް މިދަނީ އެކަންކަމުގެ ހަގީގަތް ފާޅުވަމުން ކަމަށްވެސް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.